އަވަށްޓެރި އިންޑިޔާގެ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ އުދުހުންތަކުގައި ބޭނުންކުރާ މަތިންދާބޯޓުތަކަށް ދިން ބޮމުގެ އިންޒާރުގެ އަދަދު 100 އަށް އަރައިފިއެވެ.

އިންޑިޔާގެ އޭވިއޭޝަން އޮފިޝަލުންނާ ހަވާލަދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އިންޑިއާގެ އެއާލައިންތަކުން އޮޕަރޭޓްކުރާ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ އުދުހުންތަކުގައި ބޭނުންކުރާ މަތިންދާބޯޓުތަކަށް ރެއިން ފެށިގެން މިއަދު ހަވީރުގެ ނިޔަލަށް އެކަނިވެސް 50 ބޮމުގެ އިންޒާރު ދީފައިވެއެވެ.

މި އިންޒާރުތަކާ ގުޅިގެން އިންޑިއާގައި އޮޕަރޭޓް ކުރާ ގިނަ މަތިންދާބޯޓުތަކުގެ ޝެޑިއުލްތަކަށް ބަދަލު ގެނެސްފައިވާއިރު ބޮމުގެ އިންޒާރުތަކުގެ ޒިންމާ އުފުލާ މީހުންނަށް އަދަބު ދިނުމަށް އެގައުމުން ވަނީ ވައުދުވެފަ އެވެ.

ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 50 މަތިންދާބޯޓަކަށް ބޮމުގެ އިންޒާރު ލިބުނު ކަމަށް އެގައުމުގެ ލޯކަލް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެއީ މައިގަނޑު ގޮތެއްގައި އިންޑިއާގެ އެއާލައިންތަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތަކެއް ނޫން ކަމަށްވާއިރު، ބައިނަލްއަގްވާމީ އެއާލައިންތަކަށް ވެސް އަސަރުކޮށް، އެތެރޭގެ މަތިންދާބޯޓުތަކުގެ އިތުރުން އެމެރިކާ އާއި ބޭރުގެ އެހެން މަންޒިލްތަކަށް ކުރާ ދަތުރުތަކަށްވެސް ވަނީ މިކަމުގެ ސަބަބުން ހުރަސް އެޅިފަ އެވެ.

އިންޒާރުތަކާ ގުޅިގެން އިންޑިޔާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ވިދާޅުވީ، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ތަކުލީފަކާ ނުލައި އެއާޕޯޓުތަކުގައި އިތުރަށް ޗެކް ކުރުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

މިނިސްޓަރު ރާމް މޯހަން ނައިޑޫ ވިދާޅުވީ ބޮމުގެ އިންޒާރުތައް ދިނުމަށް މީސް މީޑިއާގައި ޕޯސްޓް ކުރުމަށް ޕްރައިވެޓް ނެޓްވޯކެއް ބޭނުންކޮށްފައިވާ ކަމަށާއި، އެކަމުގައި ޒިންމާވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ އިދާރާތަކުން ކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން