ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސާބިތު ކޮށްދެއްވަމުން ގެންދަވަނީ އެމަނިކުފާނަކީ ދިވެހީންގެ ވެރިއެއްކަމާއި މިއީ ދެމީހެއްގެ ޤައުމު ނޫންކަން ކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެގޮތުން ޝިޔާމް ވަނީ ފަހަކަށް އައިސް ރައީސް ނިންމަވަމުން ގެންދަވާ މުހިންމު ބައެއް ނިންމުންތަކަށް އިޝާރާތް ކުރަށްވައި އެ ނިންމެވުންތަކަށް ތަޢުރީފް ކުރަށްވާފައެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގައި ވީދެމުންދާ ޢިޖްތިމާއީ ފޭރާން ހެޔޮކޮށް ދިވެހިރާއްޖޭގެ މާލީހާލަތު ރަނގަޅުކޮށް ދިވެހީންނަށް ދިވެހީންގެރާއްޖެ އަނބުރާ ހޯއްދަވައި ދެއްވުގެ ބުރަ އުނދަގޫ މަސައްކަތްޕުޅު ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގެ އެންމެފުރަތަމަ ދުވަހުވެސް ފައްޓަވާފައިވާ ކަމަށެވެ.
އެގޮތުން ދިވެހި މުޖުތަމަޢުގެ ތެރޭގައި މޫލައި ޖީލުތަކަށް ދެމިގެން އައިސްފައިވާ ވަރަށް ނުބައި ގިނަ އާދަތަކެއް ހުރިކަން ފާހަގަ ކުރަށްވަމުން ޝިޔާމް ވިދާޅުވީ މިއީ އެންމެންވެސް ޤަބޫލުކުރާ ހަޤީގަތެއް ކަމަށެވެ.
އެހެންނަމަވެސް ދިވެހިންގެ ތެރޭގައި ނެތީ ތެދުވެރި ނިޔަތަކާއެކު އެކަންކަމަށް ކުރިމަތިލައްވައިގެން ހައްލުކުރަށްވާނެ ވެރިން ކަމަށާއި ރައީސް ޑރ. މުޢިއްޒުގެ ފަރާތްޕުޅުން ފެންނަނީ ސިޔާސީ ވެރިންގެ ފަރާތްޕުޅުން އެއްގޮތަކަށްވެސް ނުފެންނަ ކަންކަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
“ނިންމަވަނީ ފަސޭހަފުޅު ނިންމެވުންތަކެއްނޫނެވެ. ސިޔާސީ ގޮތުން އެނިންމެވުންތައް މަޤުބޫލް ނިންމެވުންތަކެއްކަމަށް ޤަބޫލުކުރައްވާ އެއްވެސް ސިޔާސީ ބޭފުޅެއްވެސް ނެތެވެ. ބައެއް ނިންމެވުންތަކަކީ ނުފޫޒުގަދަ ބައެއް ވިޔަފާރިވެރިންގެވެސް ނުރުހުންތެރިކަން އަމާޒުވާ ނިންމެވުންތަކެކެވެ. އެހެން ނަމަވެސް ރައީސް މިއަދު އެ ސާބިތު ކޮށްދެއްވަނީ މީ އެކަކު ދެމީހެއްގެ ޤައުމެއްނޫން ކަމެވެ. އެމަނިކުފާނު އެ ސާބިތުކޮށްދެއްވަނީ އެމަނިކުފާނަކީ ދިވެހީންގެ ވެރިއެއްކަމެވެ.” ޝިޔާމް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު މިއަދު ކުރަށްވާ މަސައްކަތްޕުޅަކީ އަންނަންއޮތް ޖީލުތަކަށް މިޤައުމު ސަލާމަތްކޮށްދެއްވުމުގެ މުހިއްމު ބުރަ މަސައްކަތްޕުޅު ކަމަށެވެ.
އަދި މިއަދު ބަލަންވީ މިކަންކަމުގައި ދިވެހިންގެ ފަރާތުން އެމަނިކުފާނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ކަމަށާއި އެކަން ކުރަންޖެހެނީ މާދަމާ މިފަސްގަނޑުގައި ދިރިއުޅޭނީ ދިވެހިންގެ ދަރިފަސްކޮޅު ކަމަށް ވާތީ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޢިއްޒުވަނީ ޒުވާނުން ދުންފަތުގެ ވަބާއިން ސަލާމަތް ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވައި މާލީ ގޮތުން ރާއްޖެ ހަމަ މަގަށް އެޅުއްވުމަށްވެސް ޚާއްސަ މަސައްކަތްޕުޅުތަކެއް ފައްޓަވާފައެވެ. އަދި ރޭގެ ވަގުތެއްގައި އެމަނިކުފާނުވަނީ މުސާރައިގެ ފަންސާސް އިންސައްތަ ނުނަންގަވާނެކަންވެސް އިޢުލާނު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު