ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް
ސަރުކާރުގެ ސިޔާސީ މަގާމުތަކާއި އެ މަގާމުތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއީލް ވިދާޅުވީ ސިޔާސީ ވެރިންނާއި ސިޔާސީ ފަރާތްތަކުގެ މުސާރަ ކުޑަކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ މި ދަނޑިވަޅަކީ ސިޔާސީ މަގާމުތަކުގެ އަދަދާއި އެ މަގާމުތަކުގެ ތަފްސީލު ހާމަކުރުމަށް އެންމެ މުނާސަބު ވަގުތު ކަމަށެވެ.

މީކާއީލް ހުށައެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓަށް އެހުމުން މަޖިލީހަށް ހާޒިރުވެ ތިއްބެވި 68 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓުދެއްވީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.

މި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު ސަރުކާރުން މިހާރު ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ ބޭފުޅަކު މަގާމުން ވަކި ކުރަން ނިންމާފައެވެ.

އޭގެއިތުރުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް ކުޑަކުރަންވެސް ސަރުކާރުން ނިންމާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން