މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމް
މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމް ޗައިނާގެ ޝަންޑޮންގ ޕްރޮވިންސްގެ ގަވަރުނަރާ ބައްދަލު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ނާޒިމް މިހާރު ޗައިނާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅަކީ ދުނިޔޭގެ ފެންވަރުގައި ކަނޑުގެ ވެށި ޙިމާޔަތްކުރުމުގެ ގޮތުން ޗައިނާގައި މިހާރު ކުރިއަށްދާ ގްލޯބަލް އޯޝަން ޑިވެލޮޕްމެންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމް ޗައިނާގެ ޝަންޑޮންގ ޕްރޮވިންސްގެ ގަވަރުނަރު ހިޒް އެކްސަލެންސީ ޒައު ނައުޒިއަންގއާ ބައްދަލުކުރައްވައި ދުނިޔޭގެ ފެންވަރުގައި ކަނޑުގެ ވެށި ޙިމާޔަތްކުރުމުގެ މުހިންމުކަމާއި އެކަމަށްޓަކައި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅުދެއްކެވިއެވެ.

އަދި ކަނޑުގެ ވެށި ކިލަނބުވުމަށް މެދުވެރިވާ ކަންތައްތަކުން ކަނޑުގެ ވެށި ސަލާމަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެބޭފުޅުން ފާހަގަކުރެއްވި ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސާއެކު މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އޮނަރަބަލް އަޙްމަދު ޝިޔާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، މި ފޯރަމްގެ ބައިވެރިންނަށް ގަވަރުނަރު ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި، ދިވެހި ވަފުދުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް މަޖިލީހުުގެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން