އަވައްޓެރި އިންޑިޔާގެ އިރުމަތީ ހިސާބުތައް ކަމަށްވާ އޮޑިޝާ އާއި ވެސްޓް ބެންގާލްއަށް އަރާފައިވާ ތޫފާން ޑާނާ އާ ގުޅިގެން އެހިސާބުތަކުން 1.5 މިލިއަން މީހުން ރައްކާތެރި ހިސާބުތަަކަށް ބަދަލުކުރުމުގެ މަސައްކަތް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރަން ފަށައިފިއެވެ.
މިއަދުވެސް މި ތޫފާނުގެ އަސަރު އިންޑިޔާގެ ހިސާބުތަކަށް ކުރަމުން ދާނެ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއާ ހަވާލަދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. އަދި މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނޭ ކަމަށް ބެލެވޭ އޮޑިޝާގެ ބިޓާކަނިކާ ނޭޝަނަލް ޕާކާއި ދަމްރާ ބަނދަރާ ދެމެދުގެ ހިސާބުތަކަށް އިންޒާރުވެސް ވަނީ ދީފައެވެ.
11 ޑިސްޓްރިކްޓެއްގެ 1،653 އަވަށެއްގެ މީހުންނަށް މި ތޫފާނުގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އިންޑިޔާގެ ޗީފް މިނިސްޓަރު މޯހަން ޗަރަން މާޖީ ވަނީ ވިދާޅުވެފައެވެ.
އޮޑިޝާ އާއި ދެކުނު ހުޅަނގު ބެންގާލްގެ އައްސޭރިފަށުގެ ޑިސްޓްރިކްޓްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވާނޭ ކަމަށް އިންޑިއާގެ މެޓްރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ވަނީ ބުނެފައެވެ.
ތޫފާން ޑާނާ އާއި ގުޅިގެން ދަތުރުފަތުރުގެ ޚިދުމަތަށް މިހާރުވެސް ބުރޫ އަރާފައިވާއިރު، ގިނަ އަދަދެއްގެ ރޭލާއި މަތިންދާބޯޓުގެ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. އަދި ތޫފާނާއި ގުޅިގެން ދައުލަތުގެ އޮފިޝަލުން ވަނީ ކާބޯތަކެއްޗާއި ފެނާއި ސިއްހީ ވަސީލަތްތަކާއެކު ވަގުތީ ރިލީފް ކޭމްޕްތައް އެކުލަވާލާފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު