ކޮފީ ހަޓް (ފޮޓޯ: ޝަމާހާ ސަމީރު)
ކޮފީ ހަޓް (ފޮޓޯ: ޝަމާހާ ސަމީރު)
ހއ މުރައިދޫ ކޮފީ ހަޓްގެ ފަރާތުން އިންތިޒާމްކޮށްގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އެ ކެފޭގެ ފަރާތުން ހާމަކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ހއ. މުރައިދޫ ބަނދަރު ސަރަޙައްދުގައި ހުޅުވުނު "ކޮފީހަޓް" ގެ ފަރާތުން "ރަސް އޮންލައިނަށް" މަޢުލޫމާތު ދެއްވަމުން މި މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ކޮފީހަޓް ގެ އެއް ޙިއްސާދާރު އަފީފް ވިދާޅުވީ، މި ފުޓްސަލް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މި މަހުގެ 25 ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

އަފީފް ވިދާޅުވީ، މި މުބާރާތަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމުގެ މަޤްސަދުގައި އެ ކެފޭގެ ފަރާތުން އިންޒާމްކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ.

"މުބާރާތުގެ ސަބަބުން ރަށުގައި އުފާވެރިކަމާއި، ކުޅިވަރުގެ ޖޯޝް އިތުރުވެގެން ދިއުން އަޅުގަނޑުމެންގެ ބޭނުމަކީ. ޒުވާނުންގެ ގުޅުން ބަދަހިވެ ކުޅިވަރުގެ ތެރެއިން އެކުވެރިކަމާއި ގާތްކަން އިތުރުވެގެން ދިއުން ހުރިހާވެސް އުއްމީދަކީ." އަފީފް ވިދާޅުވިއެވެ.

ދިވެހިންގެ ސަޤާފީ ފަންނުވެރި މަސައްކަތްތެރިކަން ރަމްޒުވާ ގޮތަށް ފަރުމާ ކޮށްފައިވާ ކޮފީހަޓްގެ ފަރާތުން އަފީފް ވިދާޅުވީ، މުރައިދޫގެ އުމުރުން 16 އަހަރުން މަތީގެ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ މި ފުޓްސަލް މުބާރާތަކީ ސިލްސިލާ ގޮތެއްގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ މުބާރާތެއް ކަމަށާއި، އެގޮތުން މިއަހަރު މި ބާއްވާ މުބާރާތަކީ މި ސިލްސިލާގެ ފުރަތަމަ ބޮޅު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން