މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޒަރީރު ވިދާޅުވީ މީރާގެ ޚިދުމަތްތައް އޮޓޮމޭޓް ކުރުމަށް އީ-ޓެކްސް އިންވޮއިސް ސިސްޓަމެއް ތަޢާރަފްކުރަން ނިންމާފައިވާ ކަމަށެވެ.
މި ޚިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް އިތުރަށް ފަސޭހަވެގެންދާނެކަން ފާހަގަ ކުރަށްވަމުން ޒަރީރު ވިދާޅުވީ މި ސިސްޓަމް މެދުވެރިކޮށް ވިޔަފާރިތަކުގެ ސިސްޓަމްތަކާއި މީރާގެ އިންވޮއިސް ސިސްޓަމް ގުޅާލެވޭނެ ކަމަށެވެ.
އޭގެއިތުރުން ރޭގެ ޕްރޮގްރާމްގައި ޒަރީރު ވިދާޅުވީ މީރާއިން މިހާރު ދަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލަމުން ކަމަށެވެ. އަދި އެމަސައްކަތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޮންސަލްޓަންޓުންގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކުގެ ޚިޔާލު ހޯދަމުންދާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
ހަމައެއާއެކު މީރާގެ އަމާޒަކީ މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ޓެކްސް އޮތޯރިޓީއަށްވުންކަމަށްވެސް ރޭގެ ޕްރޮގްރާމްގައި ޒަރީރު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު