ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޓެކްސް ބިލްތައް ދިރާސާ ކުރާ ކޮމިޓީގެ މުޤައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އައްޔަނުކޮށްފިއެވެ.
މި މަޤާމަށް ޤާސިމް ޢައްޔަނު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ސަބްކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮވުމާއި ކޮމިޓީއަށް ފޮނުއްވާފައިވާ 4 ބިލުގެ ސުންގަޑި ކަނޑައަޅައި ބިލުތައް ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސަބްކޮމިޓީގެ މުގައްރިރަކަށް އައްޔަނު ކޮށްފައިވަނީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމެވެ. އަދި ނައިބު މުގައްރިރަކަށް އައްޔަނު ކޮށްފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހަތަރު ބިލުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމުމަށް ފާސްކޮށްފަ އެވެ. އަދި އެ ބިލުތަކަށް ޚިޔާލު ހުށައެޅުމަށް މާދަމާ މެންދުރު 2 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށައެޅުއްވުމުން ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިގޮތަށް ފާސްކުރުމާ ދެކޮޅަށް 3 މެންބަރުން ވޯޓު ދެއްވިއެވެ.
ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ހުށައެޅި ހަތަރު ބިލު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ސަބްކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު އެެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާޙު ގެނަސް ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
އޭގެ އިތުރުން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާޙް ހުށައަޅާފައިވަނީ މިހާރު ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް 6 ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށެވެ. އަދި މިހާރު ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 6 ޑޮލަރު ނެގުމަށެވެ.
ހަމައެއާއެކު ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ވަނީ ދިވެހިރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށްވެސް އިސްލާޙު ހުށައަޅާފައެވެ. އެ އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކުހުގެ ގޮތުގައި ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގުމަށެވެ. މިހާރު ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގަނީ 60 ޑޮލަރުގެ ޓެކުހެކެވެ.
އަދި ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން މިހާރު ނަގާ 90 ޑޮލަރުގެ ބަދަލުގައި 240 ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައެވެ. އަދި، ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން މިހާރު ނަގާ 120 ޑޮލަރުގެ ބަދަލުގައި އެ މުއްދަތުން ފެށިގެން 480 ޑޮލަރު ނެގުމަށް މަޖިލީހަށް ހުށައެޅި އިސްލާހުގައި ވެއެވެެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީވެސް ބޮޑުކުރަން ހުށައަޅާފައިވާއިރު އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.
އަދި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާޙް ހުށަހަޅާފައިވަނީ ސިނގިރޭޓާއި، ބިޑި، ވޭޕް އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު