ކުރީ ސަރުކާރުން ޕޮލިސް ސްޓޭޝަންތައް އަޅަން ޙަވާލުކުރި ކުންފުނިން ގަތީ ބިގް ކުންފުނީގެ ޙިއްސާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު އިޙްސާން މިއަދު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި 61 ޕޮލިސް ސްޓޭޝަން އިމާރާތްކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންޑިއާގެ އިންދިރާ ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކަށް 2021 ވަނަ އަހަރު 3.6 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ.
އަދި އެ ޕްރޮޖެކްޓްގައި ކޮށްފައި އޮތީ ހަމައެކަނި ކަރުދާހުގެ މަސައްކަތްތަކެއް ކަމަށާއި އެގޮތުން މަޝްރޫޢަށް ފައިނޭންސް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުން ކަމަށް ނިންމައި އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވާކަމަށް އިޙްސާން ވިދާޅުވިއެވެ. ނަމަވެސް ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ފަށާފައި ނުވާކަމަށާއި އެ ފައިސާވެސް ދިވެހި ދަޢުލަތަށް ލިބިފައި ނުވާކަން އިޙްސާން ފާހަގަ ކުރެއްވިއެވެ.
“އެކުންފުނިން ދެން ރާއްޖޭގައި ކުރަނީ ކޮން ކަމެއްތޯ ބަލާލިއިރުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައިވަނީ ބިގް ނަމަކަށް ކިޔާ ކުންފުނީގެ ޝެއަރ އެކުންފުނިން ގަނެގެން މިހާރު މޫނިމާގެ ކިޔާ ޢިމާރާތް އެތަނުން ވަރަށް ބާރަށް ކުރިއަށް ގޮސް ނިމެމުން ދާކަން.” އިޙްސާން ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން އިޙްސާން ވަނީ އެކުންފުންޏާއެކު ދެކެވުނު ވާހަކަތަކުގައި ސަރުކާރުން ދޫކުރި ފައިސާ މިހާރުވެސް ހުރިކަމަށް އެ ކުންފުނިން ބުނެފައިވާކަން ފާހަގަ ކުރަށްވާފައެވެ.
މި ޕްރޮޖެކްޓާ ގުޅިގެން އިޙްސާން މީގެ ކުރިން ވިދާޅުވެފައިވަނީ ރަށްރަށުގެ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި މިދިޔަ ސަރުކާރުން އިންޑިއާގެ އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާ އާއެކު ސޮއިކޮށްފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓްގައި ސޮއިކޮށްފައި ވަނީ 85 ޕަސެންޓް އިންޑިއާގެ އެގްޒިމް ބޭންކުން ދައްކައި ބާކީ 15 ޕަސެންޓް ދިވެހި ސަރުކާރުން ދައްކާ ގޮތަށްކަމަށް އިހުސާން އޭރު ވިދާޅުވިއެވެ.
މި މައްސަލާގައި ކުރީގެ ދާޚިލީ ވަޒީރު އިމްރާން ވިދާޅުވެފައިވަނީ ޕޮލިސް ސްޓޭޝަންތައް އެޅުމަށް 2021 ވަނަ އަހަރު ހަވާލުކޮށްފައި ވަނީ އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއަށް، 48 މިލިއަން ޑޮލަރަށް ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު