ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކުރިގޮތް ސިއްރުކުރާ ސަރުކާރަކަށް ޓެކްސް ދައްކަންޖެހޭ ސަބަބާމެދު އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ސުވާލު އުފައްދަވައިފިއެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓުންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވި އަމްރު މިހެން ވިދާޅުވެފައިވާއިރު މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ހޭދަކުރި ގޮތުގެ ތަފްސީލު ހޯދަން މަޖިލީހުގެ ބައެއް މެންބަރުން އިއްޔެ އެދިވަޑައިގެންނެވި ނަމަވެސް އެ މައުލޫމާތު ހާމަ ނުކުރުމަށް ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރާ ސަބްކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން އަމްރު ވިދާޅުވީ ކުރަން ހަވާލުކުރި މަސައްކަތް ނުކޮށް، ހަވާލުކުރި ފައިސާ ހުސްވެގެން އިތުރަށް ފައިސާ ދޭން ބުނާއިރު ތަހުޒީބު ގޮތަކީ ކުރިން ހަވާލުކުރި ފައިސާއަށް ވީ ގޮތަކާއި އިތުރަށް ފައިސާ ދޭންޖެހޭ ސަބަބު ސާފުކޮށްދިނުން ކަމަށެވެ.
އަދި ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކުރިގޮތް ބުނެދޭން ޢުޒުރުވެރިވާނަމަ އެއީ ވިސްނާލަންޖެހޭ ކަމެއްކަމަށް އަމްރު ވިދާޅުވިއެވެ.
“ރައްޔިތުން ދިން ޓެކްސް ފައިސާއިން އަހަރު ނިމުނު އިރު މަސައްކަތެއް ވަނީ ނުކުރެވި. ނަމަވެސް ދިން ފައިސާ ހުސްކޮށްފި. ހުސްވި ސަބަބު އެހީމަ ނުބުނި. އަނެއްކާ އިތުރަށް ފައިސާ ދޭން ބުނެފި. މި ސަރުކާރަށް ޓެކްސް ދައްކަން ޖެހޭތޯ؟” އަމްރު ވިދާޅުވެފައިވެއެވެ.
އަމްރު މިމޭރުމުން ވިދާޅުވެފައިވާއިރު މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް ފިނޭންސް މިނިސްޓަރާއި ގަވަރުނަރާއި އޮޑިޓާ ޖެނެރަލް މިއަދު ޙާޟިރު ކުރުމަށްވަނީ ހަމަޖެހިފައެވެ.
އަދި އެ ބައްދަލުވުމުގައި މިއަހަރަށް ފާސްކުރި ބަޖެޓުން ޚަރަދު ކުރިގޮތުގެ ތަފްސީލް ހިއްސާ ކުރުމަށް ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރާ ސަބްކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ ދެކޮޅު ހަދާފައެވެ.
އެކަމާ ގުޅިގެން އިއްޔެގެ ބައްދަލުވުމުގައި ކޮމިޓީގެ ބައެއް މެންބަރުން ވަނީ ސަރުކާރުން މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިއިރު، މި އަހަރަށް ފާސްކުރި ބަޖެޓު ހޭދަކުރި ގޮތުގެ އެއްވެސް ލިޔެކިޔުމެއް މާލިއްޔަތު ކޮމެޓީއަށް ވެސް ނޭނގޭ ކަމަށާއި އެފަދަ މައުލޫމާތެއް އާންމުކޮށްފައިވެސް ނެތް ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުން ދިން ޓެކްސް ފައިސާއިން އަހަރު ނިމުނު އިރު މަސައްކަތެއް ވަނީ ނުކުރެވި.
— Amr 🎈 (@HusenAmr) October 28, 2024
ނަމަވެސް ދިން ފައިސާ ހުސްކޮށްފި.
ހުސްވި ސަބަބު އެހީމަ ނުބުނި.
އެނެއްކާ އިތުރަށް ފައިސާ ދޭން ބުނެފި.
މި ސަރުކާރަށް ޓެކްސް ދައްކަން ޖެހޭތޯ؟
އަމްރު މިމޭރުމުން ވިދާޅުވެފައިވާއިރު މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް ފިނޭންސް މިނިސްޓަރާއި ގަވަރުނަރާއި އޮޑިޓާ ޖެނެރަލް މިއަދު ޙާޟިރު ކުރުމަށްވަނީ ހަމަޖެހިފައެވެ.
އަދި އެ ބައްދަލުވުމުގައި މިއަހަރަށް ފާސްކުރި ބަޖެޓުން ޚަރަދު ކުރިގޮތުގެ ތަފްސީލް ހިއްސާ ކުރުމަށް ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރާ ސަބްކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ ދެކޮޅު ހަދާފައެވެ.
އެކަމާ ގުޅިގެން އިއްޔެގެ ބައްދަލުވުމުގައި ކޮމިޓީގެ ބައެއް މެންބަރުން ވަނީ ސަރުކާރުން މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިއިރު، މި އަހަރަށް ފާސްކުރި ބަޖެޓު ހޭދަކުރި ގޮތުގެ އެއްވެސް ލިޔެކިޔުމެއް މާލިއްޔަތު ކޮމެޓީއަށް ވެސް ނޭނގޭ ކަމަށާއި އެފަދަ މައުލޫމާތެއް އާންމުކޮށްފައިވެސް ނެތް ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު