ސަރުކާރުން މަޖިލީހަށް ހުށައެޅި ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރުމަށް ބަޖެޓް ކޮމިޓީއަށް އިތުރު އެއް ދުވަހުގެ މުއްދަތެއް ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއަދު ފާސްކޮށްފައިވަނީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ބަޖެޓް ދިރާސާ ކުރުމަށް އިތުރު އެއް ދުވަސް ދިނުމަށެވެ. އެގޮތަށް ފާސްކޮށްފައިވަނީ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ނިންމުމަށް އިތުރު ދުވަހަށް ސަބްކޮމިޓީން އެދުމުންނެވެ.
މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ ވޯޓުންނެވެ.
މިދިޔަ ހަފްތާގައި މާލީ ވަޒީރު މަޖިލީހަށް ހުށަހެޅުއްވީ ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެކެވެ. އެހެންވެ، މި ބަޖެޓާ އެކު މި އަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
މި ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތައެވެ. އެހެންކަމުން އަހަރު ނިމޭއިރު ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ސަޕްލިމެންޓަރީ ބަޖެޓުގައިވަނީ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރަށް 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެއީ، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން އިތުރު 61 މިލިއަނާއި އެހެނިހެން އާމްދަނީގެ ގޮތުގައި 379 މިލިއަނާއި ހިލޭ އެހީގެ ގޮތުގައި 199 މިލިއަން ރުފިޔާއެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް މިއަދު ފިނޭންސް މިނިސްޓަރާއި ގަވަރުނަރާއި އޮޑިޓާ ޖެނެރަލް ހާޒިރު ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު