ކޮންމެ ވެރިކަމެއްގައިވެސް އޭސީސީ އޮންނަނީ ނިދާފައި ކަމަށާއި އެކޮމިޝަން ހޭލަނީ ވެރިކަން ބަދަލުވީމާ މަޤާމު ދިފާއު ކުރުމަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށައެޅުއްވި އިސްލާހަށް ބަހުސް ކުރަށްވަމުންނެވެ.
މިއަދުގެ ބަހުސްގައި މައުރޫފް ވިދާޅުވީ ރައްޔިތުން ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުގެ މާނައަކީ ސަރުކާރަށް ފާރަވެރިވުން އެއްކޮށް ދޫކޮށްލައި ހުރިހާ ބާރެއް ރައީސްގެ މުށުތެރެއަށް ލައިދިނުން ކަމަށް ޤަބޫލު ކުރެވޭނަމަ އެއީ ކޮށި ވިސްނުމެއް ކަމަށެވެ. ނަމަވެސް މަޖިލީހުން ފެންނަނީ އެ މަންޒަރު ކަމަށާއި އެކަމާ ހިތާމަ ކުރަށްވާ ކަމަށް މަޖާޒީ ބަހުރުވައިން ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވިއެވެ.
ސަރުކާރުން ހުށައަޅާފައިވާ އިސްލާޙަށް ފާޑު ވިދާޅުވަމުން މައުރޫފް ވިދާޅުވީ ރާއްޖޭގައި މިނިވަން މުއައްސަސާތަކަށް ވަޑައިގަންނަވާ ބޭފުޅުން އެކަން ކުރަށްވަނީ ވަޒީފާއެއް އަދާކުރަށްވާ ގޮތަށް ކަމަށެވެ. އެގޮތުން 5 އަހަރު ވަންދެން ޒިންމާ އަދާނުކުރަށްވައި ނިދި ކުރެއްވުމަށްފަހު ވެރިކަން ބަދަލުވުމުން ދެންއަންނަ ވެރިކަމެއްގެ ރުހުން ހޯދުމަށް މަސައްކަތް ކުރަށްވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
“މިދިޔަ ސަރުކާރު ނިމެމުން ދިޔައިރު އޭސީސީ ނިދާފާ އޮވެފައި އެކްޓިވް ވެގެން އުޅުނު ގޮތް. ފްލެޓްތައް ބަދަލު ކޮށްލީ. ފްލެޓް ލިސްޓުތައް ބާތިލު ކޮށްލީ. އެތައް ކަމެއް އޭސީސީން ކުއްލިއަކަށް ކުރަށްވަން ފަށައިފި. ދައުވަތު ނުދެނީސް އަމިއްލައަށް މަޖިލީހަށް ވަޑައިގެން އެކިކަހަލަ ޝަކުވާ ކުރަށްވަން ފަށައިފި.” މައުރޫފް މިއަދު ވިދާޅުވިއެވެ.
އޭގެ އިތުރުން މައުރޫފް މިއަދު ވިދާޅުވީ ޤާނޫނު އަސާސީގައި މިނިވަން މުއައްސަސާތައް އެކަށައަޅާފައިވަނީ އެކަމުގައި މަޤްސަދެއް އޮތުމުން ކަމަށެވެ. އެހެންކަމުން އެ މަޤްސަދާ ދުރަށް ދެވޭގޮތަށް ރައީސްގެ މުށުތެރެއަށް އޭސީސީގެ ބާރުތައް ދާން މިއަދު ދޫކޮށްލައިފިނަމަ އެކަމުގެ ޒިންމާ މަޖިލީހުގެ ރައީސް އުފުއްލަވަންޖެހޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
“ވަރަށް ބޮޑަށް ވިސްނާލަންޖެހޭ މި 5 އަހަރުގެ ތެރޭގައި ހުރިހާ ކޮމިޝަނަކާއި ހުރިހާ ބާރުތަކެއް މުށުތެރެއަށް ލީކަމުގައި ވީނަމަވެސް މިކަންކަން އެހެން ޤައުމުތަކުގައި ނިމިގެން ގޮސްފައިހުރި ގޮތާ ދޭތެރޭ އަޅުގަނޑުމެން ވިސްނާލަން ޖެހޭ. އެހެން ކަންތައް ކުރެއްވުނީމާ މިވާގޮތަކީ ގިނަ ފަހަރަށް ބަލާނެ ބަޔަކު ނެތް ކަމަށް ހީކޮށް ގޯސް ހެއްދެވެނީ.” ސަރުކާރުން ހުށައަޅާފައިވާ އިސްލާޙާމެދު ކަންބޮޑުވުން ފާޅުކުރަށްވަމުން މައުރޫފް ވިދާޅުވެފައިވެއެވެ.
މައުރޫފް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރަންވާނެ ކަމަށެވެ. ނަމަވެސް އެ ނިންމުން މަޖިލީހަށް ހުށައަޅައި ފާސްކުރަންވާނެ ކަމަށްވެސް އިސްލާޙުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު