ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް ނިސްބަތްވީތީ ސަލާމަތް ނުވެވިގެން އުޅުއްވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ.
ސަރުކާރުން އޭސީސީގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙުގެ ބަހުސްގައި ފަލާޙް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ނިސްބަތްވީތީ ސަލާމަތް ނުވެވިގެން އުޅުއްވާ ކަމަށެވެ. އެގޮތުން މަގެއްގެ މަތިން ސައިކަލުގައި ދުއްވާ ނުލެވޭ ކަމަށާއި ރައީސް ޔާމީން ދަޢުލަތުގެ ފައިސާއަށް އިހުމާލުވުމުގެ އަގުދައްކަން ޖެހިފައިވަނީ އެ ވެރިކަމަށް ނިސްބަތްވީ މަޖިލީސް މެންބަރުން ކަމަށެވެ.
ފަލާޙް ވިދާޅުވީ ރައީސް ޔާމީނާއި އަނބިކަނބަލުން އޭރުގެ މަޖިލީސް މެންބަރުން ބޭނުން ކުރަށްވައިގެން ދެމަފިރިކަނބަލުންގެ މުއްސަނދިކަން އިތުރު ކުރެއްވި ކަމަށެވެ. އަދި މެންބަރުންނަށް ޖެހުނީ މުލިއާގޭ ފުރާޅު ސާފުކޮށް އެގޭތެރޭގައި ޗޮކްލެޓް ބަންދު ކުރަން ކަމަށް ފަލާޙް މިއަދު ވިދާޅުވިއެވެ.
“އަޅުގަނޑުމެންވެސް މިއުޅެނީ އެސަރުކާރަށް ނިސްބަތްވެގެން ސަލާމަތް ނުވެގެން. މަގުމަތިންވެސް ދުއްވެނީކީ ނޫން. އަޅުގަނޑުމެންނަށް ލިބުނު އެއްޗެއް އޮތީކީނޫން. ވަގަށް އަޅުގަނޑުމެން ނެގި އެއްޗެއް އޮންނާނީކީ ނޫން.” ފަލާޙް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ފަލާޙް ޤާނޫނީ ގޮޅިއަކަށް ފައްތަން މަސައްކަތް ކުރިކަން ފާހަގަ ކުރަށްވަމުން ފަލާޙް ވިދާޅުވީ އޭނާ އަކީ ވައްކަން ކުރަށްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ މަސައްކަތްވެސް ކާމިޔާބު ވެފައި ނުވާކަމަށާއި ވައްކަން ކޮށްފައިވަނީ 2013 އިން 2023 އަށް ވެރިކަން ކުރެއްވި ދެ ސަރުކާރުގެ ބޭފުޅުން ކަމަށް ފަލާޙް ވިދާޅުވިއެވެ. ޚާއްސަކޮށް ރައީސް ޔާމީންގެ ދެ ކަނބަލުންނާއި އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ އާއި ފެނަކަ ސަޢީދުގެ ނަންފުޅު ފަލާޙް ފާހަގަ ކުރެެއްވިއެވެ.
“އަޅުގަނޑުމެން ނުކުރާނަން ވައްކަމެއް. ރައްޔިތުންގެ ފައިސާއަކާ ނުބެހޭނަން. އެކަހަލަ ރައީސެއް ޚާއްސަކޮށް މިއަދު ހުންނެވީ.” ފަލާޙް ވިދާޅުވެފައިވެއެވެ.
ފަލާޙް ވިދާޅުވީ ރައީސް ޔާމީން މިއަދު ކުރަށްވާ ކަމަކީ ބޯކަޅު ކުރަށްވައިގެން ހައެއްކަ މީހުންނަށް މުސާރަދީގެން ދަޢުލަތުން އެމަނިކުފާނު ވަގަށް ނަގާފައިވާ ފައިސާ މިނިވަން މުއައްސަސާތަކުން އަތުލައިފާނެކަމުގެ ބިރަށް ކުރަށްވާ މަސައްކަތް ކަމަށެވެ. އަދި އެކަމުގައި އެމްޑީޕީންވެސް އެމަނިކުފާނަށް ވާގިވެރިވާ ކަމަށް ފަލާހް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީނަކީ ވިޔަފާރިއެއް ކުރަށްވާ ބޭފުޅެއް ނޫންކަމަށާއި މީރާއަށް ޓެކްސް ދައްކަވާ ބޭފުޅެއްވެސް ނޫންކަން ފާހަގަ ކުރަށްވަމުން ފަލާޙް ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުންގެ އެކައުންޓުގައި ހަތްދިހަ ވަރަކަށް މިލިއަން ރުފިޔާ ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
“ޙަޤީޤަތުގައި ޤައުމަށް ހެޔޮއެދޭނަމަ ކުރަށްވަންވީ އެންމެ ކަމެއް. މިހާރުވެސް ދަޢުލަތުގެ ބަޖެޓަށް ލުއި ލިބޭނެ. ދަޢުލަތަށް ލޯނު ނުނަގާވެސް ފުއްދާލެވޭނެ. އެބޭފުޅުން ވައްކަން ކޮށްފައި އެހުރި ފައިސާ ގެނެސް ދަޢުލަތާ ޙަވާލު ކުރަންވީ. ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ފައިސާ.” ފަލާޙް ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ޔާމީން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ، އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރައްވަފާނެތީ އެކަމުގެ ބިރަކުން ނޫން ކަމަށް ފަލާހު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރައީސް ޔާމީން އުޅުއްވަނީ، އެ ކޮމިޝަނަށް އައްޔަނުކުރާ ޤާބިލް ބޭފުޅުން ރައީސް ޔާމީންގެ ގެކޮޅުގައި ހުރި ލާރި ގެނެސް ދައުލަތަށް ޖަމާކޮށްފާނެތީ ކަމަށް ވިދާޅުވެ ފަލާހު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު