ސައުދީ ސަފީރުކަމަށް ކުރީގެ ފޮރިން ސެކެޓްރީ އަހުމަދު ސަރީރު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފިއެވެ.
ރާއްޖޭން ސައުދީއަށް ކަނޑައަޅާ ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމަށް އައްޔަންކުރި މުހައްމަދު ތާހާ، ޕާކިސްތާން ސަފީރަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.
މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ސަރީރަށް ރުހުންދިނީ 86 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ޚާރިޖީ ދާއިރާގައި އެކި މަޤާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ފޮރިން ސެކެޓްރީގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ދައުރުގަ އެވެ.
މީގެ އިތުރުން އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްގެ މަގާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ވެސް އަދާކުރެއްވިއެވެ.
ސަރީރު މީގެ ކުރިން ހުންނެވީ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އޭޝިއާ ޑިރެކްޓަރެއްގެ ގޮތުގައި ސައުދީގަ އެވެ.

ކިޔުންތެރިންގެ ހިޔާލު