ދައުލަތުގެ އެހެން ބާރުތަކަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ އެއްވެސް ބާރެއް، މިނިވަން މުއައްސަސާއެއް ނުވަތަ އިންތިހާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާ ހަމަޔަށްވެސް ކުރެއްވި ކަމެއް ނޫންކަމަށެވެ. އަދި ކުރިޔަށް އޮތް ތާނގައިވެސް އެފަދަ ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދަވާނެކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، އިލެކްޝަންސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސުންނާއި ނާއިބު ރައީސުން އައްޔަނު ކުރުމުގެ ބާރު ރައީސަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށައަޅާފައި ވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.
އެ ދެ ކޮމިޝަނަށް ރައީސުންނާއި ނާއިބު ރައީސުން އައްޔަން ކުރުމުގެ ބާރު ދިނުމުގެ މައްސަލާގައި ބަންޑާރަނައިބު ވެސް ވަނީ އެކަން ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައެވެ. ބަންޑާރަނައިބު ވިދާޅުވެފައިވަނީ، އެފަދަ ކޮމިޝަންތަކަށް މެންބަރުން އައްޔަނު ކުރުމުގައި އެކި ގާނޫނުގައި މިހާރު ހުރީ އެކިގޮތަށް ކަމަށާއި އެކަން އެއްގޮތަކަށް ކުރުމަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެކަން އެގޮތަށް ކޮށްފައިވާކަންވެސް ބަންޑާރަނައިބު ފާހަގަ ކުރައްވާފައި ވެއެވެ.

ްދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިއަދާ ހަމަޔަށްވެސް ކުރިކަމެއްނޫން އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫން!. އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން…
— Dr Mohamed Muizzu (@MMuizzu) October 29, 2024
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، އިލެކްޝަންސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސުންނާއި ނާއިބު ރައީސުން އައްޔަނު ކުރުމުގެ ބާރު ރައީސަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށައަޅާފައި ވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.
އެ ދެ ކޮމިޝަނަށް ރައީސުންނާއި ނާއިބު ރައީސުން އައްޔަން ކުރުމުގެ ބާރު ދިނުމުގެ މައްސަލާގައި ބަންޑާރަނައިބު ވެސް ވަނީ އެކަން ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައެވެ. ބަންޑާރަނައިބު ވިދާޅުވެފައިވަނީ، އެފަދަ ކޮމިޝަންތަކަށް މެންބަރުން އައްޔަނު ކުރުމުގައި އެކި ގާނޫނުގައި މިހާރު ހުރީ އެކިގޮތަށް ކަމަށާއި އެކަން އެއްގޮތަކަށް ކުރުމަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެކަން އެގޮތަށް ކޮށްފައިވާކަންވެސް ބަންޑާރަނައިބު ފާހަގަ ކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު