މާތްﷲ ރުހިވޮޑިނުގަންނަވާ ގޮތަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން ވެސް ހަގީގީ ކާމިޔާބީއެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިރޭ ވިދާޅުވީ، ފިރިހެނަކު ވިޔަސް، އަންހެނަކު ވިޔަސް މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދީނާއި ގައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް، އުފަލެއް އަދި ކާމިޔާބީއެއް ވެސް ނޯންނާނެ ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވުމަށްފަހު ވަނީ ކީތިރި ޤުރްއާނުގެ އާޔަތެއް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، ރައީސް ހިއްސާ ކުރެއްވި އާޔަތުގެ މާނައިގައި ވަނީ، "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ހައްގު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައި ހިނގައްޖެއެވެ. ހަމަ ކަށަވަރުން ބާޠިލަކީ ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައި ވިއެވެ." މިހެނެވެ.
ރައީސް ޑރ. މުޢިއްޒު މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ، މިއަހަރު މެކްސިކޯގައި އޮންނަ މިސް ޔުނިވަރސްގައި ރާއްޖޭގެ އަންހެނަކު ބައިވެރިވާކަން ހާމަކުރުމާއި ގުޅިގެން އެއީ ސަރުކާރުން އެންޑޯޒް ކޮށްފައިވާ ކަމެއް ނޫންކަމަށް ބުނެ ޔޫތު މިނިސްޓްރީން ބަޔާނެއް ވެސް ނެރެފައިވަނިކޮށެވެ. އަދި ހާމަކަން ބޮޑުކޮށް ހަށިގަނޑު ދައްކައިގެން ވަނަ ހޮވާ އެ މުބާރާތުގައި ދިވެހި އަންހެނަކު ބައިވެރިވާތީ އޭނާގެ އަމަލު އިލްމުވެރިން ވެސް ދަނީ ކުށްވެރި ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.

ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!
— Dr Mohamed Muizzu (@MMuizzu) October 30, 2024
وَقُلْ جَاءَ الْحَقُّ وَزَهَقَ…
ރައީސް ޑރ. މުޢިއްޒު މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ، މިއަހަރު މެކްސިކޯގައި އޮންނަ މިސް ޔުނިވަރސްގައި ރާއްޖޭގެ އަންހެނަކު ބައިވެރިވާކަން ހާމަކުރުމާއި ގުޅިގެން އެއީ ސަރުކާރުން އެންޑޯޒް ކޮށްފައިވާ ކަމެއް ނޫންކަމަށް ބުނެ ޔޫތު މިނިސްޓްރީން ބަޔާނެއް ވެސް ނެރެފައިވަނިކޮށެވެ. އަދި ހާމަކަން ބޮޑުކޮށް ހަށިގަނޑު ދައްކައިގެން ވަނަ ހޮވާ އެ މުބާރާތުގައި ދިވެހި އަންހެނަކު ބައިވެރިވާތީ އޭނާގެ އަމަލު އިލްމުވެރިން ވެސް ދަނީ ކުށްވެރި ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު