ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުޙައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަޙުގީގުކޮށް ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ގާނޫނަށް އިސްލާހު ގެންނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ހޯމް މިނިސްޓަރު އަލީ އިހުސާން ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.
އެ ގޮންޖެހުންތައް ހައްލުކުރަން ގާނޫނުލް އުގޫބާތަށް ގެންނަންޖެހޭ އިސްލާޙުތައް މިފެށޭ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ އިއްޔެ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އިހުސާން އެކްސްގައި ވިދާޅުވީ މިހާރުއޮތް ގާނޫނުގައި އެ މާއްދާ ލިޔެފައި އޮތީ އެ ވާހަކަ ގަދަޔަށް ދައްކާފައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭ ގޮތަށް ކަމަށެވެ. އަދި ދައުވާކުރިޔަސް ސާބިތު ވެސް ނުވާ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެހެންކަމުން އެ މާއްދާ ލިޔެފައި އޮތީ ކަންކުރުމުގެ ނިޔަތެއް ނެތިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ރައީސް ޑރ. މުއިއްޒު މިގެންނަވަން ނިންމެވި އިސްލާހަކީ ދައުލަތްތެރޭ އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އަދި އެނިޔަތާއި އަޒުމް ފެންނަ އިސްލާހެއް." މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިއްޔެ ވިދާޅުވީ ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހާއެކު ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތަށް ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު