ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމަށް ދެގައުމުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިގްތިސޯދީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް، ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ވެވުނު އެއްބަސްވުމެއް ކަމަށެވެ.
ދެގައުމުގެ ރައީސުން ބައްދަލު ކުރައްވައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މިއަދު ވެވުނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު ޕަރޮފެސާ ޑރ. އިމާރ ބޮލަޓްއެވެ.
އިގްތިސޯދީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، ރައީސް މުއިއްޒު ތުރުކީއަށް ވަޑައިގެންނެވިއިރު ދެ ރައީސުންގެ ބައްދަލުވުމުގައި ދެ ގައުމުގެ އިގްތިސޯދީ ގުޅުން ވަރުގަދަ ކުރެއްވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ވިޔަފާރި، އިންވެސްޓްމަންޓް، އިއާދަކުރުނިވި ހަކަތަ އަދި މަތީ ތައުލީމުގެ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ދިނުން ހިމެނޭ ކަމަށެވެ.
މިއަދު ރާއްޖެއާ ތުރުކީވިލާތާ ދެމެދު ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއިތައް ހޯދައިދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް އެއްބަސްވެވުނެވެ.
އަދި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމާއި ރާއްޖޭން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި ދިވެހި ރައްޔިތުންނާއި ވިޔަފާރުތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު