މި ސަރުކާރުން ރާއްޖޭގެ އުތުރާއި ދެކުނު ތަރައްޤީކުރާނީ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި އާބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ހަމަޖެއްސި 7 ރަށުގެ ތެރޭގައި ރާއްޖޭގެ ބޮޑެތި އަތޮޅުތަކުގެ ރަށްރަށް ހިމަނާފައި ނުވާތީ ކުރިމަތިވެފައިވާ ފާޑުކިއުންތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު މެނިފެސްޓޯގެ ޗެޕްޓަރ 4ގެ ނަންބަރު 12، 13 އަދި 14 ގައި ވަރަށް ސާފުކޮށް އާބަން ސެންޓަރުތައް ތަރައްޤީ ކުރުމާގުޅޭ ކަންތައްތައް ބަޔާންކޮށްފައިވާ ކަމަށެވެ.
"ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން މާލެ އަރބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ޚިދްމަތްތައް ހިމަނައިގެން، އެންމެ އުތުރުގެ 3 އަތޮޅު ހިމެނޭހެން ނޮރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ 4 އަތޮޅު ހިމެނޭހެން ސަރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީ ކުރުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ އިތުރުން މާލެއިން އުތުރުން 3 ރަށާއި މާލެއިން ދެކުނުން 4 ރަށުގައި 7 އަރބަން ސެންޓަރު ތަރައްޤީ ކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
"އަދި މިކަންކަމަކީ ކުރިޔަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްޤީގެ މާސްޓަރޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ޤަސްދުކުރާ ކަންކަން." ރައީސް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ރައީސް މިއަދު ވިދާޅުވީ ކަންކަމުގެ ހަގީގަތް ނުބައްލަވާ، ނުވަތަ ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުން ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް ޝާހިދު މިއަދު ވިދާޅުވީ އަރބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި، ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައިވާ ސަބަބު އެސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން އާބަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި އދ. މަހިބަދޫ އާއި ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫގައެވެ.
ސަރުކާރުން މިހާރުވަނީ އާބަން ސެެންޓަރުތައް ގާއިމުކުރުމާ ބިލެއް މަޖިލީހަށް ހުށައަޅާފައެވެ. އެ ބިލު މިހާރު އޮތީ ޤައުމީ ތަރައްޤީ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައެވެ.

މެނިފެސްޓޯގައި (ޗެޕްޓަރ 4، ނަންބަރު 12، 13 އަދި 14 ގައި) ވަރަށް ސާފުކޮށް ބަޔާންކޮށް އަދި މެނިފެސްޓޯ ލޯންޗްކުރި ޖަލްސާއިން ފެށިގެން މިއަދާ ހަމަޔަށް އެތައް ޖަލްސާއެއްގައި އަޅުގަނޑު ބަޔާންކޮށްފައިވާ ފަދައިން، ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން މާލެ އަރބަން ރީޖަން…
— Dr Mohamed Muizzu (@MMuizzu) November 9, 2024
އޭގެ އިތުރުން ރައީސް މިއަދު ވިދާޅުވީ ކަންކަމުގެ ހަގީގަތް ނުބައްލަވާ، ނުވަތަ ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުން ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް ޝާހިދު މިއަދު ވިދާޅުވީ އަރބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި، ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައިވާ ސަބަބު އެސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން އާބަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި އދ. މަހިބަދޫ އާއި ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫގައެވެ.
ސަރުކާރުން މިހާރުވަނީ އާބަން ސެެންޓަރުތައް ގާއިމުކުރުމާ ބިލެއް މަޖިލީހަށް ހުށައަޅާފައެވެ. އެ ބިލު މިހާރު އޮތީ ޤައުމީ ތަރައްޤީ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައެވެ.
ކިޔުންތެރިންގެ ހިޔާލު