އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ ނާއުންމީދީ ބަޖެޓެއް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބުދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަ ދައްކަވަމުން ވަޙީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ ރައްޔިތުންނަށް ނާއުންމީދީ ބަޖެޓެއް ކަމަށެވެ. އަދި އެ ބަޖެޓު އުންމީދީވަނީ ހަމައެކަނި ރައީސާއި ވަޒީރުންނަށް ކަމަށް ވަޙީދު ވިދާޅުވިއެވެ.
ވަޙީދު ވިދާޅުވީ ސަރުކާރަށް އަހަރެއް ވެގެންދާއިރު ސަރުކާރުން މަސައްކަތް ކުރަނީ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ނޭނގޭނެ ކަމަށް ޤަބޫލުކުރައްވައިގެން ކަމަށެވެ. އެގޮތުން ވައުދުވެފައިވާ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި ވަޢުދުވީ ކަންކަންވެސް އޭގެ އަނެއް ކޮޅަށް އަނބުރާލާފައިވާ ކަމަށް ވަޙީދު ވިދާޅުވިއެވެ.
“ވިދާޅުވަނީ އުންމީދީ ބަޖެޓެކޭ. ކޮންރަށަކަށް ކޮންކަމެއްތޯ ކުރެވެނީ މި ބަޖެޓުން؟ ބަޖެޓުގައި ކޮންކަމެއްތޯ ހިމެނީ؟ ކޮބާތޯ އުންމީދަކީ؟ ކައުންސިލްގެ ބަޖެޓުން ރައްޔިތުންނަށް ކުރަން ހުރި ކަންކަން ވެސް ކުރެވެން ނެތް.” ވަޙީދު ވިދާޅުވިއެވެ.
ވަޙީދު ވިދާޅުވީ ރައްޔިތުންނަކީ ތަޞައްރަފް ނުފުދޭ ވިސްނުމެއްނެތް ބައެއްކަމަށް ސަރުކާރުން ޤަބޫލު ކުރަށްވާކަން ސަރުކާރުގެ ޢަމަލުތަކުން މޭރުންވާ ކަމަށެވެ. އެގޮތުން ތިމަންނާމެން ނޫނީ ހަމަޖެހޭ އިތުރު އެއްވެސް މީހެއް ނެތޭ ބުނާ ބީދައިން ސަރުކާރުން ދަނީ ޢަމަލު ކުރަށްވަމުން ކަމަށް ވަޙީދު ވިދާޅުވިއެވެ.
“އެއީ އުންމީދެއް ކަަމަށްވާނަމަ އުންމީދެއް ކަމަށް ބުނެވިދާނެ. ރައީސާއި ވަޒީރުންނަށް އުންމީދީ ބަޖެޓެއް މިއީ.” ބަޖެޓާ ބެހޭ ގޮތުން ވަޙީދު އިތުރަށް ވިދާޅުވިއެވެ.
ވަޙީދު މިމޭރުމުން ވިދާޅުވެފައިވާއިރު އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
ބަޖެޓާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ ބަޖެޓާ ގުޅޭ ކަންކަން ސާފުނުވާ ކަމަށާއި އަދި ބޭނުންވާ ވަރަށް މައުލޫމާތުވެސް ނުލިބޭ ކަމަށެވެ.
ނަމަވެސް ސަރުކާރުން ބުނަމުންދަނީ މިފަހަރުގެ ބަޖެޓަކީ ރައްޔިތުންގެ ރޫހާ، ވިންދާ އެންމެ ބޮޑަށް ގުޅިފައިވާ އެންމެ މުހިންމު އެއްދާއިރާ ކަމަށްވާ ގެދޮރުވެރި ކަމުގެ ޚާއްސަ ބަޖެޓެއް ކަމަށެވެ. މިފަހަރުގެ ބަޖެޓުގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހޭދަކުރުމަށް ބޮޑެތި އަދަދުތައް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު