އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
ސަރުކާރުން ގިނަ ކަންކަން ކުރަށްވަނީ ސީދާ ވިދާޅުވި ގޮތާ އިދިކޮޅަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި އަރބަން ސެންޓަރު ޤާއިމް ކުރަށްވަނީ ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގެ ޗެޕްޓަރ 4ގެ ނަންބަރު 12، 13 އަދި 14 ގައި އޮތްގޮތާ އެއްގޮތަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން އެކުލަވާލާ ޤައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ސަރުކާރުން ކަންކަން ނުކުރާނެކަން ރައްޔިތުންނަށް މިއަދު ޔަގީންވެފައިވާ ކަމަށެވެ. ސަބަބަކީ ސަރުކާރުގެ ބަހާއި ޢަމަލު ދިމާނުވުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

“އެތައް ޖަލްސާއެއްގައި ވިދާޅުވެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ބަޔާންކުރިޔަސް ވެރިކަމަށް ވަޑައިގެން ވަރަށް ގިނަ ކަންކަން ކުރައްވަމުން ގެންދަވަނީ ސީދާ ވިދާޅުވި ގޮތާ އިދިކޮޅަށް، ލިޔެފައިވާ ގޮތާ ހިލާފަށް.” ފައްޔާޒް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ފައްޔާޒް ވިދާޅުވީ ސަރުކާރުން ކެނޑިނޭޅި ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް ދޮގު ހަދަމުންދާ ކަމަށެވެ.

“ސަރުކާރުން ހަތް ރަށެއް އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރަން އިއުލާނު ކުރީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި، ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި.” ފައްޔާޒް ވިދާޅުވިއެވެ.



ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްޤީކުރާ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ އިތުރުން މާލެއިން އުތުރުން 3 ރަށާއި މާލެއިން ދެކުނުން 4 ރަށުގައި 7 އަރބަން ސެންޓަރު ތަރައްޤީ ކުރުމަކީ މިސަރުކާރުގެ ސިޔާސަތު ކަމަށެވެ.

އެގޮތުން ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން އާބަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި އދ. މަހިބަދޫ އާއި ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން