ރާއްޖޭގައި ހޯސްޓްކުރަމުން އަންނަ، 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕާ ގުޅިގެން އާންމު ރައްޔިތުންގެ ކަންބޮޑުވުން ހުރުމާއެކު، ރަައްޔިތުންގެ ކިބައިން ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން، މާފަށް އެދެފިއެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން، ބީބީއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، އައްޑޫ ސިޓީ ކެނަރީފް ރިސޯޓްގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު ހޯދަން ބިޑް ކުރީ ރާއްޖޭގެ ޕްރޮފައިލް ރަނގަޅުކޮށް، ރާއްޖޭގެ އިގްތިސާދާއި ޓޫރިޒަމަށް ލިބޭ ފައިދާތަކަށް ވެސް ވިސްނައިގެން ކަމަށެވެ. އަދި މި އަހަރު މި މުބާރާތް ބާއްވަން ފުރުސަތު ލިބިގެންދިޔައީ ވަރަށް ދުރާލާ މަސައްކަތްކޮށްގެން ކަން ވެސް ބީބީއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބީބީއޭއެމުން ބުނީ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަނާ އެކު މި މުބާރާތް ބޭއްވުމަށް ކޮންޓްރެކްޓް ހެދުމަށް ފަހު، ދިވެހި ރާއްޖޭގައި މި މުބާރާތް ބޭއްވުން ކެންސަލްކޮށްފިނަމަ ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށާއި ޖުމްލަ ގޮތެއްގައި ރާއްޖެ އަށް މާލީ ގޮތްގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބިދާނެ ގެއްލުންތަކަށް ވިސްނުމަށް ފަހު މި މުބާރާތް ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމީ ކަމަށެވެ.
ބީބީއޭއެމުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ، މި މުބާރާތް ކެނަރީފް ރިސޯޓްގައި ކުރިއަށްގެންދަން ނިންމީ ބައިނަލްއަގުވާމީ ޓުއަރިސްޓުން އައިސް އެބައިމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެއްގޮތަށް އުޅެވޭގޮތަށް އާންމު ދިވެހި ރައްޔިތުން ދިރިނޫޅޭ ތަނެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން ކަމަށެވެ.
އަދި މި މުބާރާތް ކުރިއަށްގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން އިރުޝާދު ދިން ގޮތަށް މުބާރާތް ކުރިއަށްގެންދެވޭތޯ މަސައްކަތްކުރި ކަމަށް ބީބީއޭއެމުން ނެރުނު ބަޔާނުގައިވެއެވެ.
ނިމިގެންދިޔަ 15 ވަނަ ވަރލްޑް ބޮޑީބިލްޑިން އެންޑް ފިސީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި އައުރަ ނިވާނުވާވަރަށް މުބާރާތުގެ ބައިވެރިން ތިބުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު