ވިހިވަނަ ގަރުނުގައި ދިވެހީން ދުށް ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަސް ފާހަގަ ކުރަން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ވިހި ވަނަ ގަރުނުގައި ޖުމްހޫރިއްޔަތެއް ގެނައުމަށް ދިވެހިން ދެކުނު ހުވަފެން ހަގީގަތަކަށްވާ ތަން ފެންނަން ފަށާފައި މިވަނީ މިއަދު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުން ބަލައިގަތުމުގެ މާނައަކީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންނާ ބެހޭ ގޮތުންނާއި ގައުމުގެ ތަރައްގީގެ ކަންކަން ނިންމުމުގައި ދިވެހި ރައްޔިތުންގެ ހިއްސާާ އާއި ބައިވެރިވުން އޮތުން ކަމަށެވެ. މިއީ ދިވެހި ރައްޔިތުން 20 ވަނަ ގަރުނުގައި ބޭނުންވާ ގޮތް ކަމަށް ވެސް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިތްޕުޅުގައި ދިވެހި ގައުމާއި ދިވެހިންނާ މެދު އޮތް ގޮތް ހުށަހެޅުއްވީ ވަރަށް ތަރުތީބުން ވަރަށް ސާފުކޮށް އަދި ހާމަކޮށް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި އެކި ވެރިކަންތައް ހިނގާފައިވާއިރު، އެ ވެރިކަންތަކުގައި ނަމަށް އަންނަ ބަދަލަށްވުރެ ކަމަށް އަންނަ ބަދަލު މުހިންމުވާ ކަމަށެވެ. އަދި ރައްޔިތުންނަށް މަންފާ ލިބުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ވެރިކަން ހިންގުމުގައި އޮންނަ އިޚްލާސްތެރިކަމުން ކަމަށް ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

"ވިހި ވަނަ ގަރުނުގެ ދިވެހީންގެ ހުވަފެން ހަގީގަތަކަށް ހައްދަވަައިދެއްވީ ރައީސް. ޑރ. މުޙައްމަދު މުއިއްޒު." މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން