ރައީސް ޑރ. މުހައްމަދު މުއިއްޒު---
ރައީސް ޑރ. މުހައްމަދު މުއިއްޒު---
ރާއްޖޭގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެކަމުގެ އުއްމީދު ބޮޑުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާދިނުމަކީ ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ދެމުންދާންޖެހޭ ފަދަ ހިދުމަތެއް ނޫން ކަމަށެވެ.'

އަދި ބައެއް ބޭބޭފުޅުން ޖޯކު ޖެއްސެވިކަމުގައިވީ ނަމަވެސް، ރާއްޖޭގެ އަދުގެ ހާލަތު އޮތް ގޮތުން ކެންސަރު ބަލީގެ ކަންކަމަށް ހާއްސަ ފުލް-ފްލެޖު ހޮސްޕިޓަލެއް ހުންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ކެންސަރު ހޮސްޕިޓަލު ގާއިމުކުުރުމަށްޓަކައި އެކުވެރި ދައުލަތެއްގެ ކައިރިން އެހީއަށް އެދިފައި އޮންނާނެ ކަމަށާއި އަދި ޕްރޮޕޯސަލް ފޮނުވާއި ފީސިބިލިޓީ ސްޓަޑީޒްއިން ފެށިގެން އެކި މަރުހަލާތައް މިހާރު ކުރިއަށްދާކަމުގެ ޔަގީންކަން ރައީސް ރޭ ވަނީ ދެއްވައިފަ އެވެ.

"އެހެންވީމާ އެ ސްޓޭޖުތައް ފަހަނައަޅާ ފުރިހަމަވެގެން ދިޔައިމަ ވަރަށް ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރަކީ އެ އަމަލީ މަސައްކަތް ފެށޭނެ އަހަރު." ރައީސް ވިދާޅުވި އެވެ.

ކެންސަރު ހޮސްޕިޓަލު އަޅަން އެންމެ ފުރަތަމަ ނިންމާފައި އޮތީ ލ. ގަމުގަ އެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ އެ ހޮސްޕިޓަލު މާލޭގައި އަޅަން ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން