އަރަބިއްޔާ ސްކޫލު ހަދަން ވަރަށް އަަވަހަށް ފެށޭނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލުގެ މަސައްކަތް 100 ދުވަސް ތެރޭގައި ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެވެ. އެހެން ނަމަވެސް އެގޮތަށް އެކަން ކުރެވިފައެއް ނުވެއެވެ.
ނިމިގެން ދިޔަ ހަފްތާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ކުރިން ބުނިގޮތަށް އެ މަސައްކަތް ނުފެށި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ލަސްވެގެން އުޅެނީ އެކަމަށް 80 މިލިއަން ރުފިޔާއަށްވުރެ ބޮޑުއެއްޗެއް އިތުރަށް ހޭދަކުރަން ޖެޙޭތީ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ރޭ ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ބޮޑު ބިމެއް ކަނޑައަޅައި އެކަން ކުރެވޭނެ ގޮތް ސަރުކާރުން ވަރަށް އަވަހަށް ފަހިކޮށް އަމަލީ ގޮތުން އެ މަސައްކަތް ފަށާނެ ކަމަށެވެ.
ބާ ޖަމާލުއްދީން ބިމުގައި އަރަބިއްޔާގެ އާ އިމާރާތެއް 420 ދުވަސް ތެރޭގައި އަޅަން 2022 ވަަނަ އަހަރު ސެޕްޓެމްބަރު މަހު އަމީން ކޮންސްޓްރަކްްޝަނާ ހަވާލުވެސް ކުރިއެވެ. ނަމަވެސް އެ މަސައްކަތެއް އެއްވެސް ވަރަަކަށް ކުރިއަކަށް ނުދެއެވެ.
އޭގެ ފަހުން މި ސަރުކާރުން ވެރިކަމަށް އައިސް ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށީގައި އަރަބިއްޔާގެ އާ އިމާރާތް އަޅަން ވެސް ވާހަކަ ދެކެވުނެވެ.

ކިޔުންތެރިންގެ ހިޔާލު