މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫއު އަންނަ އަހަރު ފަށާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ ބޮޑު އެހީއެއްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއު މި އަހަރު ފެށޭނެ ކަމަށް ކުރިން ރައީސް މުއިއްޒު އޮތީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަކަށް ނުގެންދެވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.
ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ އަންނަ އަހަރު ވެގެންދާނީ މާލެ ސަރަހައްދުގައި އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަސައްކަތް ފެށޭ އަހަރަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެންމެ ފަހުން މާލޭގައި މަގުތައް ހެދީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށާއި އޭގެ ފަހުން ކުރެވިފައި އޮތް ކަމަކީ މަގުތައް މަރާމާތުކޮށް އެއް މަގު ދެ މަގު ހެދުން ކަމަށެވެ.
"އެހެނެއް ނޫން މުޅި މާލޭގެ ހުރިހާ މަގެއް އަލަށް ނަގައި އަޑީގައި ހުރި ހުރިހާ ހޮޅިތަކާއި އެއްޗެތި ބަދަލުކޮށް އަލަށް ހަމަ ހެދިގެން ދާނެ މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް އިރާދަ ކުރެއްވިއްޔާ. އެ މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި ފެށޭނެ. ބިޔަ މަޝްރޫއެއްވީމަ ހަތަރު ފަސް އަހަރުވަރު ނަގާނެ މަދުވެގެން މަޝްރޫއު ނިންމަން،." ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއު ނިމުމުން މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ސާވާކުރަން ޗައިނާގެ ޓީމެއް މާލެ އައިސް މިހާރު ދަނީ މަސައްކަތްވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު