ސްރީލަންކަން އެއާލައިންސް އިން ބުނީ ފާއިތުވި ދުވަސްތަކުގައި އެތައް ފްލައިޓްތަކެއްގެ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށެވެ. ދަތުރުތައް ކެންސަލްކުރަމުން ދަނީ މަތިންދާބޯޓުތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

އެ އެއާލައިނުން ބުނީ ދަތުރުތައް ކެންސަލް ކުރަނީ ފަސިންޖަރުންގެ ސަލާމަތަށް އިސްކަންދިނުމުގެ ގޮތުން ކަމަށެވެ. އަދި ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އާންމު ފްލައިޓް ޝެޑިއުލްތައް އަލުން ގެނައުމަށް އެ އެއާލައިނުގެ ޓީމުތަކުން މަސައްކަތްކުރާ ކަމަށް އެއާލައިނުން ވަނީ ބުނެފައެވެ.

ފްލައިޓްތައް ކެންސަލް ކުރުމުން އެކަމުގެ ދަތިކަން ކުރިމަތިވި ފަސިންޖަރުންނަށް ކެއުމާއި ހޮޓަލުގައި ތިބުމުގެ ފުރުސަތު ދީފައިވާ ކަމަށް ސްރީލަންކަން އެއާލައިންސް އިން ވަނީ ބުނެފައެވެ.

ސްރީލަންކަން އިން ބުނީ ފަސިންޖަރުންނަށް އެމީހުން ބޭނުންވާ އެންމެ ފަހު މަންޒިލަށް ވާސިލްވުމަށް އެހީތެރިވުމަށް ބަދަލު ދަތުރުގެ އިންތިޒާމުތައް ވިލަރެސްކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން