ވެރިކަމުގެ ނިޒާމުގައި ޚުދުމުޚުތާރުކަމުގެ ސިފަ ޖެހެމުންދާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު މިއަދު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
އދ. ގެ ޢާއްމު މަޖިލީހުގެ ރައީސްގެ މަޤާމާއި ރާއްޖޭގެ ޚާރިޖީ ވަޒީރުކަންވެސް ކުރަށްވާފައިވާ ޝާހިދު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރަށްވައި މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ޝާހިދު ވިދާޅުވެފައިވަނީ ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގެންފައި ވަނީ ވަރަށް މަތިވެރި އުއްމީދެއްގައި ކަމަށެވެ. އަދި އެ ސަބަބަކީ މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި، ހައްދެއްނެތި ބާރުތައް ލިބިފައިވާ ޚުދްމުޚްތާރު ވެރިކަމުގެ ނިޒާމަށް ނޫނެކޭ ބުނުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު ޤާނޫނު އަސާސީއަށް އަލިއަޅުވާ ލައްވަމުން ޝާހިދު ވިދާޅުވީ ޤާނޫނުއަސާސީގެ ފުރަތަމަ ބާބުގެ 4 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބަޔާން ކޮށްފައިވަނީ ރައްޔިތުން ކޮށްފައިވާ އެތަޖުރިބާގެ އަލީގައި ކަމަށެވެ.
އެހެންކަމުން ސާފު ސާދާ ޢިބާރާތުން ޤާނޫނު އަސާސީގައި ބުނެފައިވަނީ ދިވެހި ރައްޔިތުން ޚުދުމުޚްތާރު ވެރިކަމަކަށް ޖާގަ ނުދޭނެ ވާހަކަ ކަމަށް ވިދާޅުވެ ޝާހިދު ވަނީ ރާއްޖޭގެ މިސްރާބު މިވަގުތު ހުރީ އެމަގަށް ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށް ވިދާޅުވެފައެވެ.
"ހިތާމަޔަކީ ޤާނޫނު އަސާސީގެ ރޫޙާއި ބަޔާން ކޮށްފައިވާ އެންމެހާ ހަމަތަކާއި އަސާސްތަކާއި ޚިލާފަށް ވެރިކަމުގެ ބާރުތައް ޖަމާކޮށް ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާތަން ފެންނަމުންދާކަން." ޝާހިދު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ޝާހިދު މިއަދު ވިދާޅުވީ ރާއްޖެ ޚުދުމުޚުތާރު ވެރިކަމަކަށް ފުރޮޅިގެން ދިޔަ ނުދިނުމަކީ އެންމެހާ ރައްޔިތުންގެވެސް ޤައުމީ ވާޖިބެއް ކަމަށެވެ.
ޝާހިދު މިމޭރުމުން ވިދާޅުވެފައިވާއިރު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމަށްޓަކައި ޢާއްމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.

ޖުމްހޫރީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރަން.
— Abdulla Shahid (@abdulla_shahid) November 11, 2024
ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގަ.
މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި،…
އޭގެ އިތުރުން ޝާހިދު މިއަދު ވިދާޅުވީ ރާއްޖެ ޚުދުމުޚުތާރު ވެރިކަމަކަށް ފުރޮޅިގެން ދިޔަ ނުދިނުމަކީ އެންމެހާ ރައްޔިތުންގެވެސް ޤައުމީ ވާޖިބެއް ކަމަށެވެ.
ޝާހިދު މިމޭރުމުން ވިދާޅުވެފައިވާއިރު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމަށްޓަކައި ޢާއްމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު