އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
ޖުމްހޫރީ ދުވަސް ފާހަގަ ކުރަމުންދާއިރު ފެންނަނީ ހެޔޮ ވެރިކަމެއްގެ އުންމީދު ގެއްލި ވެރިކަމުގެ ނިޒާމު ޚަރާބު ކުރަމުންދާ މަންޒަރު ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ފައިސަލް ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާއަށް 56 އަހަރު ފުރޭ މި ދަނޑިވަޅުގައި ފެންނަމުން ދަނީ ހަމަހަމަކަމާއެކު ކުރާ ހެޔޮ ވެރިކަމެއްގެ އުންމީދު ގެއްލި ވެރިކަމުގެ ނިޒާމު ޚަރާބުކުރަމުންދާ މަންޒަރު ކަމަށެވެ.

އޭގެ އިތުރުން މިފަދަ ދުވަހެއްގައި އާކުރަންޖެހޭ ޢަޒުމަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހައްގުތަކާއި ބާރުތައް ނިގުޅައިގަތުމުގެ ފުރުސަތު ނުދިނުން ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

“ދިވެހި ޖުމްހޫރިއްޔާއަށް 56 އަހަރު ފުރޭ މި ދަނޑިވަޅުގައި ފެންނަމުން ދަނީ ހަމަހަމަކަމާއެކު ކުރާ ހެޔޮ ވެރިކަމެއްގެ އުންމީދު ގެއްލި ވެރިކަމުގެ ނިޒާމު ޚަރާބުކުރަމުންދާ މަންޒަރު.” ފައްޔާޒް ވިދާޅުވެފައިވެއެވެ.



ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ނުގޮސް އެއްބުރުން ރައީސް އިންތިހާބުވާގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ވިސްނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށާއި ކައުންސިލަރުންގެ އަދަދު މަދުކުރުމަށްވެސް ރައްޔިތުންގެ ޚިޔާލަށް ހުޅުވާލުމަށް ވިސްނަވާކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު އެގޮތަށް ވިދާޅުވެފައިވާތީ ކުރީގެ ރައީސް ޞާލިޙް މިއަދު ވިދާޅުވެފައިވަނީ ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ދެމެހެއްޓުމުގެ މަސައްކަތް އާ ހިތްވަރަކާއެކު އަލުން ފަށަން ޖެހިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން