ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދިއްޖެނަމަ، މިނިވަންކަމަށް އަރާ ބުރުލަކަށް އެކަން ވެދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ.
އެހެންވެ އެ މީހުން ހޯދާ ފޮނުވާލުން ނުވަތަ އެ މީހުން ސިސްޓަމަށް ވެއްދުމަށްޓަކައި މިހާތަނަށް 136 ރަށެއްގައި ޓީމުތައް މަސައްކަތްކޮށް ގަވައިދާ ހިލާފަށް އުޅޭ 10،000 އަށް ވުރެ މީހުންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އަންނަ އަހަރުގެ އެޕްރީލް މަސް ނިމެންވާއިރަށް ހުރިހާ އެންމެންގެ ބަޔޯމެޓްރިކް ޑޭޓާ ނަގާ ނިމޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ޤަވައިދާ ޚިލާފަށް އުޅެމުންދިޔަކަމަށް ފާހަގަކުރެވުނު 4700 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފައިވާ ކަމަށާއި މިއީ ރެކޯޑް އަދަދެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން މި މައްސަލައަށް ދާއިމީ ހައްލެއް އަންނަން. އެހެންނޫނީވިއްޔާ ހަގީގަތުގައި އެެތެރެއިން މިނިވަންކަމަށް އަންނަ ބުރުލަކަށް ވެސް މިކަން ވޭ އެބަ." ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު