ޖުމްހޫރިއްޔަތެއްގެ އަސާސަކީ ރައްޔިތުންގެ ރުހުމާއި ބައިވެރިވުން ހިމެނޭ ވެރިކަމުގެ ނިޒާމެއް ބިނާކުރުން ކަމަށް މިހާރު ޢަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރެއްވި ފުރަތަމަ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމާއި އެމްޑީޕީގެ ރައީސްގެ މަޤާމުވެސް މީގެ ކުރިން އަދާކުރަށްވާފައިވާ ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރަށްވައި މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިވަގުތު އެފްރިކާ ބައްރުގެ ގާނާގައި ދިރިއުޅުއްވާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖުމްހޫރިއްޔަތެއްގެ އެންމެ ބޮޑު އަސާސަކީ ރައްޔިތުންގެ ރުހުމާއި ބައިވެރިވުން ހިމެނޭ ވެރިކަމުގެ ނިޒާމެއް ބިނާކުރުން ކަމަށެވެ.
ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ގިނަ ލީޑަރުން ގެންދަވަނީ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް މީސް މީޑިއާ މެދުވެރި ކުރަށްވައި ދިވެހި ރައްޔިތުންނަށް ފޮނުއްވަމުންނެވެ.
ރާއްޖޭގެ ޖުމްހޫރީ ވެރިކަމަށް 56 އަހަރު ފުރުން މިއަދު ފާހަގަކުރަމުން ގެންދާއިރު ރައީސް އަމީންއާއި ރައީސް ނާޞިރު ހިމެނޭހެން މިހާތަނަށް 7 ބޭފުޅަކު ވަނީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ.
މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސެވެ.

Jumhooree dhuvahuge thahniya. Jumhooriyathehge enme bodu eh asaasakee rayyithunge ruhumaai baiverivun himeney verikamuge nizam eh binaakurun.
— Mohamed Nasheed (@MohamedNasheed) November 11, 2024
ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ގިނަ ލީޑަރުން ގެންދަވަނީ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް މީސް މީޑިއާ މެދުވެރި ކުރަށްވައި ދިވެހި ރައްޔިތުންނަށް ފޮނުއްވަމުންނެވެ.
ރާއްޖޭގެ ޖުމްހޫރީ ވެރިކަމަށް 56 އަހަރު ފުރުން މިއަދު ފާހަގަކުރަމުން ގެންދާއިރު ރައީސް އަމީންއާއި ރައީސް ނާޞިރު ހިމެނޭހެން މިހާތަނަށް 7 ބޭފުޅަކު ވަނީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ.
މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސެވެ.
ކިޔުންތެރިންގެ ހިޔާލު