ކުނި މެނޭޖުކުރަން ދަސްކޮށްދޭ ޓްރެއިނިންގ ޕްރޮގްރާމަކަށް ދިވެހިންގެ ޓީމެއް އިންޑިޔާގެ ނިއު ދިއްލީގައި ހަރަކާތްތެރިވަމުންދާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ނިއު ދިއްލީގައި އިއްޔެ ފެށި މި ތަމްރީނު ޕްރޮގްރާމަކީ އެމްސީއީޕީ މަޝްރޫއުގެ ދަށުން ރާއްޖޭގެ 2، 4 އަދި 5 ވަނަ ޒޯނުގެ އެކި ރަށްރަށުން މީހުން ބައިވެރިވެގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި 14 މީހަކު ބައިވެރިވާއިރު އެ މީހުންގެ ތަމްރީނު ކުރިއަށް ދަނީ ނިއު ދިއްލީގެ ޓެރީ ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގަ އެވެ.
"ވޭސްޓް މެނޭޖްމަންޓް ސިސްޓަމްސް: އޮޕަރޭޝަން އެންޑް މެއިންޓަނަންސް" ގެ ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ދާނީ އަންނަ ބުރާސްފައްޗާ ހަމައަށެވެ.
ވުޒާރާއިން ބުނީ މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިންނަށް ކުނި މެނޭޖްކުރުމުގެ ހުނަރު އިތުރަށް ދަސްވެ، އެ މީހުންގެ ރަށްރަށުގައި ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު