މަގޭސޯލާ ޕްރޮގްރާމުގެ ދަށުން ހަތް ކިލޯވޯޓުގެ ސޯލާ ސިސްޓަމްތައް ގޭބިސީތަކުގައި ހަރުކުރުމަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓްް މިނިސްޓަރު ޑރ. މުއާވިޔަތު މުހައްމަދު ވިދާޅުވީ މަގޭސޯލާ ޕްރޮގްރަމްގެ ދަށުން މިހާރު ފުރުސަތު ހުޅުވާލާފައިވަނީ ތިން ކިލޯވޯޓާއި ފަސް ކިލޯވޯޓުގެ ސޯލާ ސިސްޓަމް ތަކަށް ކަމަށެވެ. މި ސިސްޓަމްތައް 748 ގޭބިސީއެއްގައި ހަރުކޮށްދޭން ހަމަޖެހިފައިވެ އެވެ.
ހަތް ކިލޯވޯޓުގެ ސޯލާ ސިސްޓަމްތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ އަހަރުގައި ކަމަށާއި ސޯލާއަށް އެދިފައިވާ ގެތަކުގައި މިއަހަރު ތެރޭގައި ސިސްޓަމުތައް ޖަހައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށްރަށުގައި ބެޓެރީ ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.
މުއާވިޔަތު ވިދާޅުވީ މިއަހަރުގެ ތެރޭގައި އެކަނިވެސް ރާއްޖޭގައި ސޯލާ އިން ހަކަތަ އުފައްދާ މިންވަރު 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކުރެވިފަވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް ދެ އިންސައްތައިގެ އިތުރުވުމެކެވެ.
މަގޭ ސޯލަ ޕްރޮގްރާމަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ދިއުމަށްޓަކައި ފަށާފައިވާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު