އިންޑިޔާ އިން ރާއްޖެ ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާ ގެނައީ އެމްޑީޕީގެ ސަރުކާރުން އެދިގެން ނޫން ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ 'ފުދިއްޖެ، ފުނޑިއްޖެ' ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރުގެ މަޝްވަރާތައް ފެށުނީ ރައީސް މައުމޫން ގެ ސަރުކާރުގައި ކަމަށެވެ. އެ ހެލިކޮޕްޓަރު އައީ ރައީސް ނަޝީދު ސަރުކާރުގައި ކަމަށާއި ދެވަނަ ހެލިކޮޕްޓަރު އައީ ކުރީގެ ޔާމީން ސަރުކާރުން އެދިގެން އޭރު ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި ޑޯނިއާއަކީ ވެސް ރައީސް ޔާމީނުގެ ސަރުކާރުން ހޯދަން އެދުނު އެއްޗެއް ކަމަށާއި ނަމަވެސް އެ އައިރު ޔާމީނުގެ ވެރިކަން ނިމި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ފެށިއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިޔާއާއި ދިވެހިރާއްޖޭގެ ސަރުކާރުތައް ބަދަލުވިޔަސް ދެގައުމުގެ އަސްކަރިއްޔާގެ ގުޅުންތައް އަބަދުވެސް ދަމަހައްޓަމުން އައިސްފައިވާ ކަމަށެވެ.

ޝާހިދުގެ ވާހަކަައިގައި މިހާރުގެ ސަރުކާރުން އެކަންތައް އޮޅުވާލުން މަސައްކަތްކުރިއަސް އެކަން އޮޅުވައިނުލެވޭނެ ކަމަށާއި ހުރިހާ އެންމެންނަށް މިހާރު އެކަމުގެ ހަގީގަތް އެނގޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން