އިންޑިއާއާއި އެކު ހެދި ކަރަންސީ ސްވެޕް އެގްރީމެންޓުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރާއެކު ރާއްޖޭގެ ރަސްމީ ރިޒާވް 614.6 މިލިއަން ޑޮލަރަށް އިތުރުވެއްޖެއެވެ.
ރާއްޖެއިން އިންޑިއާއާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށް އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހިވެގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
އެމްއެމްއޭއިން ބުނީ، އެ ފަދަ ފައިސާ އާއްމުކޮށް ބޭރުގެ ބޭންކުތަކަށް އިންވެސްޓު ކުރި ނަމަވެސް، މިދިޔަ މަހުގެ ތެރޭގައި މަރުކަޒީ ބޭންކުން ރާއްޖޭގެ ބޭންކުތަކަށް އިންވެސްޓުކޮށްފައިވާ ކަމަށެވެ. އަދި މިނިންމުމުގެ މަގުސަދަކީ، މާލީ ދާއިރާގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށް މުޅި އިގްތިސާދަށް ފައިދާވާނެ ގޮތަށް ކަން ކުރުމަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެެ.
މަރުކަޒީ ބޭންކުން ހާމަކުރިގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ރަސްމީ ރިޒާވް ހުރީ 371.2 ޑޮލަރު ގަ އެވެ. ކަރަންސީ ސްވަޕްގެ ދަށުން ލިބުނު ފައިސާއާއެކު މިހާރު ރިޒާވް 614 މިލިއަނަށް ވުރެ އިތުރުވެފައިވާއިރު އެއީ 65.5 އިންސައްތަ އިތުރު އަދަދެއް ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބޭރު ފައިސާގެ އެސެޓުގެ ގޮތުގައި 122.5 މިލިއަން ޑޮލަރު ހުރިއިރު ރާއްޖެއަށް ބޭނުންވާ ތެލާއި ބޭހާއި އެ ނޫންވެސް ޒަރޫރީ ތަކެތި ރާއްޖެ އެތެރެކުރުމަށް ބޭނުންކުރާ ޔޫޒަބަލް ރިޒާވްގެ އަދަދު ހޯދަން ބޭނުންކުރާ ފޯމިއުލާއިން ހިސާބުކޮށްލުމުން ޔޫޒަބަލް ރިޒާވްގައި 31.4 މިލިއަން ރުފިޔާ ހުރި ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު