މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވައްދާ ކުދިންގެ ފޯމުތައް ލަސްނުކޮށް ހުށަހަޅަން އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލޭ ސަރަހައްދުން ގްރޭޑް އެކަކަށް ވައްދަން ފުރުސަތު ހުޅުވާލުމުން ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އަދި ގްރޭޑް އެކަކަށް ވައްދަން ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާން ތިން ދުވަހަށް ވެފައިވާ އިރު އަދިވެސް މަދު ބަޔަކު ފޯމު ހުށަނާޅާކަން މިނިސްޓްރީން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން އިތުރަށް ބުނީ ފޯމު ހުށަހެޅުމަށް ދެވަނަ ފުރުސަތަކަށް ހުޅުވާލަން ޖެހިއްޖެ ހާލަތެއްގައި ފަހުން ފޯމު ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭނީ ފުރަތަމަ ފޯމު ހުށަހެޅި ފަރާތްތަކަށް އިސްކަން ދިނުމަށް ފަހުގައި ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
"މި ހާލަތުގައި އެކުދިންނާ އެއް އާއިލާއެއްގެ ކުދިން އުޅޭ ސްކޫލުތަކުން ޖާގަ ނުލިބުމުގެ ފުރުސަތު ބޮޑުވާނެ" މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވެއެވެ.
މިނިސްޓްރީން ވަނީ ދަރިވަރުން ސްކޫލަށް ވެއްދުމަށް ލަސްނުކޮށް ފޯމުތައް ހުށަހެޅުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު