އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
ނޫސްވެރިކަމުގެ މިނިވަންކަން އޮބަހައްޓައި ތަޅުއަޅުވަނީ ވެރިންގެ ނާޤާބިލުކަން ފަރުދާކުރުމަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު މިއަދު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

އދ. ގެ ޢާއްމު މަޖިލީހުގެ ރައީސްގެ މަޤާމާއި ރާއްޖޭގެ ޚާރިޖީ ވަޒީރުކަންވެސް ކުރަށްވާފައިވާ ޝާހިދު މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝާހިދު މިއަދު ވިދާޅުވީ ރައްޔިތުން ދަލާއި ލޭ އޮހޮރުވައިގެން ހޯދި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮބަހައްޓައި ތަޅު އެޅުވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އެފަދަ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ، ވެރީންގެ ނާޤާބިލުކަމާއި ފަސާދައިގެ ޢަމަލުތައް ފަރުދާކުރުމަށް ކަމަށްވެސް ޝާހިދު ތުހުމަތު ކުރެއްވިއެވެ.

“ކޮންމެ ދުވަހެއްގައިވެސް ފެނިގެން މިދަނީ ޚުދުމުޚްތާރުކަމުގެ ސިފަ.” ޝާހިދު މިއަދު ވިދާޅުވިއެވެ.



ޝާހިދު މިހެން ވިދާޅުވެފައިވާއިރު މިއަދު މަޖިލީހަށް ހުށައެޅި ބިލުގައި ބުނެފައިވަނީ ބިލުގެ ސަބަބުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަވެ ނޫސްވެރިކަން ކުރުމަށް ހަރުދަނާ މިންގަނޑުތަކެއް ކަނޑައެޅިގެން ދާނެކަމަށެވެ.

އަދި ބްރޯޑްކާސްޓިންގ ދާއިރާ ވެސް ހިމެނޭހެން މީޑިއާގެ ކަންކަން ތަންފީޒުކުރުމަށް ވަކި މުއައްސަސާއެއް އުފެއްދުމަށް ބިލުގައި ވަނީ ހިމަނާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން