މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި 47 މީހަކު ފަރުވާގެ ނިޒާމަށް ވައްދާފައިވާނެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ބުނެފިއެވެ.
އެންޑީއޭއިން ބުނީ އެ އިދާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނާއެކު މަސްތުވާތަކެތި ބޭނުންކުރާ 47 މީހުން ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާކަމަށެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެންޑީއޭ އާއި ފުލުހުން ގުޅިގެން ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ. އަދި މި މިއޮޕަރޭޝަން ނިންމާލުމަށް ވަކި ތާރީޚެއް ކަނޑައަޅާފައިނުވާ ކަމަށް އެންޑީއޭ އިން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ. މީގެ އިތުރުން މަގުމަތީގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުންވެސް ފަރުވާގެ ނިޒާމަށް ގެނެވޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެންޑީއޭއިން ބުނީ އެ އިދާރާގެ އަމާޒަކީ ފަރުވާއަށް ގެނެވޭ މީހުންނަށް ފަރުވާ ދިނުމަށްފަހު އަނބުރައި މުޖުތަމައަށް ނެރުން ކަމަށާއި އެމީހުން މުޖުތަމައަށް ނެރުމަށްފަހުވެސް އެ މީހުންނަށް ބޭނުންވާ އާފްޓަރކެއަރދެވޭނެކަން އެއެޖެންސީން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު