މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ހަދަން ނިންމާފައިވާ ސަރފިން ސްޓޭޑިއަމް އެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓަރު ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މި މަސައްކަތުގެ ޑިޒައިންނާއި ކޮންސެޕްޓްގެ މަސައްކަތް ނިންމައި، ދެތިން ދުވަހެއްގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފެށުމަށް ބަޔަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ނިންމަވާފައިވާ ކަމަށެވެ.

ވަޒީރު ޢަބްދުﷲ ރާފިޢު ސަރފިން ސްޓޭޑިއަމްއާ ގުޅޭގޮތުން އެންމެ ފަހުގެ އަޕްޑޭޓްތައް ދެއްވާފައި މިވަނީ ސަރުކާރާ އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި މި ސަރުކާރުން ވައުދުވި ސަރފިން ސްޓޭޑިއަމް ނަހަދަން ނިންމާފައިވާ ކަމަށް ބުނެފައި ވަނިކޮށްކަން ފާހަގަ ކުރެވެއެވެ.

މިނިސްޓަރު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރފިން އެސޯސިއޭޝަނާއި، މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނާ ވެސް މަޝްވަރާކޮށްގެން ސަރުކާރުން އަންނަނީ ސަރފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ކަމަށެވެ.

މި އަހަރު ނިމުމުގެ ކުރިން ސަރފިން ސްޓޭޑިއަމްގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ސަރަހައްދުގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ސަރފިން ސްޓޭޑިއަމް އެޅުމުގެއެއްބަސްވުމުގައި މި މަހުގެ 17 ގެ ކުރިން ސޮއި ކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން