މި ސަރުކާރުން ކަންކަން ކުރަމުންދަނީ ރައްޔިތުންނަށްވުރެ ބޮޑަށް ސަރުކާރަށް ފައިދާވާގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިރޭ ދީދީ ވިދާޅުވީ، ސަރުކާރުން ވައުދުވީ އެމްޑީޕީ ސަރުކާރުން ކަންކަން ކުރިގޮތަށްވުރެ ރަނގަޅަށް ކަންކަން ކުރުމަށް ކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުން ކަންކަން ކޮށްފައިވާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭގެ ބަދަލުގައި މި ސަރުކާރުން ކަންކުރަނީ ރައްޔިތު މީހާއަށް ފައިދާވާނެ ގޮތަށްވުރެ ސަރުކާރަށް ފައިދާވާނެ ގޮތަށްކަމަށާއި މިސާލެއްގެ ގޮތުން، ސިނގިރޭޓް ފަދަ ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމި ނިންމުން އޭނާ ފާހަގަ ކުރެއްވިއެވެ.
އަދި އޭގެ އިތުރުން ރައްޔިތުންނަށް ލިބެމުންދިޔަ އަސާސީ އެތައް ހިދުމަތެއް ހުއްޓިއްޖެ ކަމަށާއި، ސަރުކާރު ފެންނަނީ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއިވެސް ބީރަށްޓެހި ސަރުކާރެއްގެ ގޮތުގައި ކަމަށް ދީދީ ވިދާޅުވިއެވެ. އެގޮތުން އަމިއްލަ ކުންފުނިތަކަށް ސަރުކާރުން އެހީ ނުވާކަމަށް ދީދީ ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ ސަރުކާރުން ބުނަމުން ދަނީ ގައުމުތަކުން އެހީ ލިބުމުން މިއަންނަ އަހަރު އިގުތިސާދު ރަނގަޅުވާނެ ކަމަށްކަމަށެވެ. ނަމަވެސް، މި ވޭތުވެދިޔަ އަހަރު ބޭރު ގައުމުތަކުން ނުހޯދުނު އެހީއެއް ކުރިއަށް އޮތް އަހަރު ހޯދާނީ ވަކި ކިހިނެއްތޯ ދީދީ ވަނީ ސުވާލު އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު