ރާއްޖޭގެ 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ
ދުނިޔޭގެ ތަފާސްހިސާބުތަކުން އެނގޭގޮތުން 537 މިލިއަން މީހުން ހަކުރު ބަލި ތަހައްމަލު ކުރަމުންދާ ކަމަށެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެޗްޕީއޭ އިން ބުނީ މި އަހަރުގެ ހަކުރު ބަލީގެ ދުވަހުގެ ޝިއާރު އަމާޒުކުރެވިފައިވަނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން ބައްޔާ އެކު ވެސް އެކަށީގެންވާ ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް ބަލި މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން އެފަދަ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކުގެ ބޭނުންތަކުގެ މައްޗަށް ރިއާއަތްކުރެވިގެން މުޖްތަމައުގައި ކަންކަން އިންތިޒާމުކުރުމުގެ މައްޗަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެޗްޕީއޭއިން ވަނީ ހަކުރުބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުން ހަކުރު ކޮންޓްރޯލްކޮށް ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ވަކިގޮތަކަށް ދިރިއުޅުން ބައްޓަން ކުރަން އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު