ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ވިލިމާލެ އައުޓްރީޗް ސެންޓަރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހުޅުވައިދެއްވައިފިއެވެ.
ވިލިމާލެ މަސްޖިދުލް ބިއްރީގައި ދެ ކުލާސްރޫމާއެކު ގާއިމްކޮށްފައިވާ މި ސެންޓަރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ގާއިމްކުރި ސެންޓަރެކެވެ. މި ސެންޓަރު ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް ކުރީ މާލެ ސިޓީ ކައުންސިލްގެ ފަރާތުންނެވެ.
މި ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ވިލިމާލޭގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗު ސެންޓަރެއް ހުޅުވިގެންދިޔަކަމީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރުގައި ހިމެނޭ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝަހީމް ވަނީ ދީނީ އަދި ގައުމީ ކަންކަންކުރުމުގައި ވަކި ފިކުރެއް ބެއްލެވުމެއް ނެތި މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިއަދު ހުޅުވިގެންދިޔަ ސެންޓަރަކީ މިފަދަ މަސައްކަތެއްގެ ނަމޫނާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މޭޔަރު ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ލިބިލެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަޒީރަށާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު