މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަޔަރ
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަޔަރ
ފުލުހުންނަށް ހަމަލާ ދިންކަމުގެ ކުށް ސާބިތުވުމާއި ގުޅިގެން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަޔަރ އިނގިރޭސިވިލާތުގެ ގައުމީ ސްކޮޑުން ބާކީކޮށްފިއެވެ.

އަންނަ މަހު ޔުއެފާ ނޭޝަންސް ލީގުގައި ކުޅުމަށް ނެގި އިނގިރޭސި ސްކޮޑުން މެގުއަޔަރއަށް ފުރުސަތު ދިން ނަމަވެސް ކޯޗު ގެރެތު ސައުތުގޭޓް ވަނީ ގްރީސްގެ ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރުމާއި ގުޅިގެން އޭނާ ސްކޮޑުން ބާކީކޮށްފައެވެ.

ގްރީސްގައި ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް ހިނގި ހަމަނުޖެހުންތަކެއް ކޮންޓްރޯލްކުރަންދިޔަ ފުލުހުންނަށް ހުރަސްއެޅުމާއި، ރިޝްވަތު ދިނުމާއި، ފުލުހުންނަށް ހަމަލާ ދިނުމުގެ އިތުރުން ހައްޔަރުކުރަން މަސައްކަތް ކުރުމުން އެކަމަށް ދެކޮޅު ހެދުމުގެ ދައުވާ މެގުއަޔަރގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އޭނާގެ މައްޗަށް ގްރީސްގެ ކޯޓަކުން ވަނީ 21 މަހާއި 10 ދުވަހުގެ ހުކުމެއް ކޮށްފައެވެ. އެހެން ނަމަވެސް މި ހުކުމް ތަންފީޒްކުރުން ވަނީ ތިން އަހަރުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ކޯޗު ސައުތުގޭޓް ބުނީ މި ނިންމުމަކީ ހުރިހާ އެންމެނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށާއި ފަރިތަކުރުންތަކަށް އަންނާނެ ބަދަލުތަކަށް ވިސްނާފައިވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން އިނގިރޭސި ގައުމީ ޓީމުން ބައިނަލްއަގްވާމީ މެޗެއް ކުޅެފައިނުވާއިރު އަންނަ މަހު ޔޫއެފާ ނޭޝަންސް ލީގުގައި އެޓީމު ކުޅޭނީ އައިސްލޭންޑާއި ޑެންމާކާއި ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން