އިނގިރޭސި ފޯވާޑް ޖެމީ ވާޑީ ލެސްޓާ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
މިދިޔަ ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު ލެސްޓަރ އިން ވަނީ އިތުރު އެއް އަހަރަށް އޭނާގެ ކޮންޓްރެކްޓް އައުކޮށްދީފައެވެ. އުމުރުން 33 އަހަރުގެ ވާޑީގެ ކޮންޓްރެކްޓް އާކޮށްފައި މިވަނީ، އޭނާގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮށްވައެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ޕްރިމިއާ ލީގުގައި 23 ލަނޑު ޖަހައި ރަން ބޫޓު ހާސިލްކޮށްފައެވެ.
ކޮންޓްރެކްޓް އައުކުރުމަށްފަހު ވާހަކަ ދައްކަމުން ވާޑީ ބުނީ އަނެއްކާ ވެސް އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އިތުރު ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ. ލެސްޓާގެ ސަޕޯޓަރުގެ ކުރިމަތީގައި ކުޅުމަކީ އޭނާއަށް ލިބޭ ބޮޑު އުފަލެއް ކަމަށާއި ކްލަބްގެ ތާރީހުގައި މުހިންމު ދަނޑިވަޅެއްގައި އެ ކްލަބަށް ކުޅެން ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ދެކޭ ކަމަށް ވާޑީ ވަނީ ބުނެފައެވެ. އަދި މިވަގުތު ލެސްޓާގައި އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި އަދިވެސް އިތުރު ކުރިއެރުންތަކެއް މި ޓީމުން ހޯދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
2012 ވަނަ އަހަރު ލެސްޓާއާ ގުޅުނު ވާޑީ ވަނީ 2016 ވަނަ އަހަރުގެ ޕްރިމިއަރ ލީގު ލެސްޓާއިން ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިދިޔަ އަށް އަހަރުގެ ތެރޭ ލެސްޓާއަށް ކުޅުނު 310 މެޗުގައި އޭނާ ވަނީ އެ ކްލަބަށް 130 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިވަގުތު އިނގިރޭސި ޤައުމީ ޓީމުގެވެސް އެންމެ އިތުބާރު އެއް ފޯވާޑެވެ.

ކިޔުންތެރިންގެ ހިޔާލު