އިގްތިސާދީ އާ މަސައްކަތްތަކެއް ފަށައި ދައުލަތަަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ހޯދަންޖެހޭކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެެވެ.
ސަންގުޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެެއް އަހަރުގެ ދައުލަތުގެ އާމްދަނީ އަށް ބަލާއިރު ކޮންމެ ދުވަހަކު މިހާރު ލިބެނީ 65 މިލިއަން ރުފިޔާކަމަށެވެ.
ސަޢީދު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ދުވާލެއްގެ މައްޗަށް 96 މިލިއަން ރުފިޔާ ރިކަރަންޓް ޚަރަދަށް ހޭދަކުރަންޖެހޭކަމަށެވެ. އަދި ކޮންމެ ދުވަހަކު 40 މިލިއަން ރުފިޔާ ނުވަތަ 2 މިލިއަން ޑޮލަރުން ރާއްޖެ ދަރަނިވެރިވެ ބަޖެޓް ޑެފެސިޓްވަމުންދާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
"އެހެންވީމަ މިހާލަތުގައި އާ އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދަންޖެހޭ، ރައީސް ޑރ. މުޢިއްޒު ނަންގަވާފައި ހުރި ވަރުގަދަ ސިޔާސަތުތައް ތަންފީޒު ނުކުރެވޭ ކަމަށްވާނަމަ އަޅުގަނޑުމެންނާއި އަބަދުވެސް ދާނީ މާޒީގެ ދުވަސްތައް ބައްދަލުކުރަމުން،" މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު