ގުޅިފަޅުގެ ބިން ހިއްކައި ނިންމައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ވަނީ އެ ފަޅު ހިއްކުމުގެ މަޝްރޫއުގެ 100 ޕަސެންޓް ނިމިފައިވާކަން ހާމަކޮށްފަ އެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން މިހާތަނަށް 174 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ބުނެފައި ވެެއެވެ. އެއީ އެ މަޝްރޫޢުގެ ފުރަތަމަ 2020 ވަނަ އަހަރުގެ މާރިޗު މަހު ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކި 42 ހެކްޓަރާއި އަދި ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި 132 ހެކްޓަރާއެކު އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެ މަޝްރޫޢުގެ ތެރެއިން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިހާތަނަށް 2.66 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
"މި މަޝްރޫޢަކީ ވެރިރަށް މާލޭގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫއު ނިމުމުން، މާލޭގެ ބިމުގެ ބޮޑުމިނަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. އަދި މި ސަރަޙައްދުގައި ބޯހިޔާވަހިކަމާއި ވިޔަފާރީގެ ފުރުސަތުތައް އިތުރުވެގެންދާނެކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ." މިނިސްޓްރީން އިތުރަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު