ކުރީގެ ރައީސް ޔާމިން އަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އެދިވަޑައިގަތުމަކަށް ނޫންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގެ މީޑިއާއަކަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ރައީސް ޞާލިޙް ވިދާޅުވީ ރައީސް ޔާމީން ޖަލުން ގެއަށް ބަދަލުކުރީ ރައީސް ޑރ. މުޢިއްޒު އެކަމަށް އެދިވަޑައިގަތުމުން ކަމަށް ދެކެވޭ ވާހަކަތަކުގައި ޙަޤީޤަތެއް ނެތް ކަމަށެވެ.
އެގޮތުން އެފަދަ ކަމަކަށް ރައީސް މުޢިއްޒު އެދިވަޑައިގެންފައިވެސް ނެތް ކަމަށާއި ރިޔާސީ އިންތިޚާބަށްފަހު ފޯނުން ކުރެއްވި މުޢާމަލާތުގެ ތެރެއިންނާއި ޖެހިގެން އައި ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައިވެސް މަޝްވަރާ ކޮށްފައިވަނީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން އޮމާންކޮށް ގެންދިޔުމާ ގުޅޭގޮތުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަދި އެ ބައްދަލުވުމުގައި ރައީސް ޔާމީން އެދުވަހު ގެއަށް ބަދަލުކުރަށްވާނެކަން ރައީސް މުޢިއްޒަށް ދެންނެވުމުން އަބްދުއްރަޙީމާއި ދެބޭފުޅުންގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަން ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
“އެއްވެސް ހާލެއްގައި ރައީސް ޑރ. މުއިއްޒު އެދިވަޑައިގަންނަވައިގެން އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެން ކުރިކަމެއް ނޫން.” ރައީސް ޞާލިޙް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ މެސެޖެއް ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ލިބިފައިވަނީ ރިޔާސީ އިންތިޚާބުގެ އަހަރެއްހާ ދުވަސް ކުރިން ކަމަށާއި އޭގެފަހުން އެފަދަ މެސެޖެއްވެސް ލިބިވަޑައި ނުގަންނަވާ ކަމަށެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށްފަހު ނޫސްވެރިންނާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައިވެސް ރައީސް ޑރ. މުޢިއްޒު ވަނީ ގައުމުގެ މަސްލަހަތަށްޓަކައި ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު