ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް
މި ސަރުކާރުގެ އެންމެބޮޑު ކާމިޔާބީއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ދުނިޔޭން ބަލައިގަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ހުރިހާ ގައުމަކާ އެކުވެސް ގާތް ގުޅުމެއް އުފެދެމުންދާ ކަމަށެވެ. އަދި އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުންދާކަން ނައިބުރައީސް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ނައިބުރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމުގައި ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ފަންނީ ފަރާތްތަކުގެ ލަފާ ސަރުކާރުން ޤަބޫލު ކުރަމުން ދާކަން ބޭރުގެ ގައުމުތަކުގެ ވެރިން ޤަބޫލު ކުރަށްވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެފަރާތްތަކުން ރާއްޖެއަށް ކުރާ އިހްތިރާމް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

“ދުނިޔެ ޤަބޫލުކޮށްފި އަޅުގަނޑުމެންގެ ރައީސްގެ ސިޔާސަތު. އެއީ އަޅުގަނޑުމެންނަށް ލިބެމުންދާ އެންމެ ބޮޑު ކާމިޔާބީ.“ ނައިބުރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ނައިބުރައީސް މިއަދު ވިދާޅުވީ މިހާތަނަށް ރާއްޖޭން އެދުނު އެއްވެސް ކަމަކަށް އެއްވެސް ގައުމަކުން ނޫނެކޭ ނުބުނާ ކަމަށާއި އެހާވެސް ބޮޑަށް ދުނިޔޭގެ ލީޑަރުންގެ ހިތްޕުޅުގައި ރާއްޖެއާމެދު ލޯބި އިތުރުވެފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން