ސަރުކާރަށް މިވޭތުވެ ދިޔަ އެއްއަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރުވުމާއި ގުޅިގެން ދައުލަތުގެ މީޑިޔާ، ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ފާއިތުވި އެއްއަހަރު ވަރަށް ބޮޑެތި ކާމިޔާބީތަކެއް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ހޯއްދަވާފައިވާ ކަމަށެވެ. ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި އެއް ވައުދަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށާއި އެކަން މިހާރު ނިމުމަކަށް ގެނެސްފައިވާކަން އަބުދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަދި އެއީ އިޤްތިސާދީ ވިސްނުމަކުން ވިސްނާއިރު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަބުދުއްރަޙީމް ވިދާޅުވީ ދައުލަތަށް ލިބުނު އާމްދަނީން މެނޭޖްކުރައްވައިގެން މިއަދާ ހަމައަށް ރައީސް ކުރިއަށް ވަޑައިގަތުމަކީ ވަރަށް ބޮޑު ކާމީޔާބީއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޑިޕްލޮމެސީގެ ރިވެތި އުސޫލުން ބޭރު ސިފައިން ރާއްޖެއިން ފޮނުވާލިކަމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި ދުރެއް ގާތެއް ނުބައްލަވާ ޤައުމުގެ މައިގަނޑު އަސާސްތަކަށް އިޙްތިރާމްކުރާ، އެންމެންނާއެކު ގުޅުން ޤާއިމުކުރެއްވިކަމަށެވެ. މަޖިލިސް ރައީސް އަބުދުއްރަޙީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިސްތިޤްލާލާއި، މިނިވަންކަން ޔަޤީންކުރުމަށާއި، ދީނީ ވަޙުދަތު ހިމާޔަތްކޮށް ޤައުމިއްޔަތު ކުރިއެރުވުމާއި މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަށްވާފައިވާ ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ އަމާންވެއްޓެއް ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވިކަމަށާއި އެ ވައުދުވެސް އެމަނިކުފާނު ފުއްދަވާފައިވާ ކަމަށެވެ. އަދި މިހުރިހާ ކަމަކީ ފާއިތުވި އެއްއަހަރަށް ބަލާއިރު ސަރުކާރަށް ހާސިލްކުރެވުނު މުހިންމު ކާމިޔާބީތަކެއް ކަމަށް ޢަބުދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަބުދުއްރަޙީމް ވިދާޅުވީ ކޮންމެ ކާމިޔާބީއަކީ އަތްލެވޭ އެއްޗެއް ނޫން ކަމަށެވެ. އަދި ބައެއް ކާމިޔާބީތަކަކީ ލޮލަށް ފެންނަ އެއްޗެއް ނޫންކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. އަންނަ އަހަރަކީ ލޮލަށް ފެންނަ އަތްލެވޭ ތަރައްޤީގެ އަހަރަކަށް ވެގެންދާނެ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު