ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ރާއްޖެއަށް އެތެރެވާ ޑޮލަރު އެމްއެމްއޭއަށް މާރުކުރަންޖެހޭ ގޮތަށް އެކުލަވާލާ ގަވާއިދު ބަދަލު ނުކުރައްވާނެކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ކާމިޔާބީ ހިއްސާ ކުރުމަށް މިރޭ ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރަައީސް ވިދާޅުވީ، އެ ގަވާއިދަކީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި އޮތް ގަވައިދެއް ކަމަށެވެ. އަދި އެ ކަމަކީ މިވަގުތު ވަރަށް ވެސް މުހިންމު ވެފައިވާ ކަމެއްކަމަށް ވިދާޅުވެ ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް އޭގެ ތެރެއިން ރާއްޖޭގެ ބޭންކުތަކަށް މާުރުކުރީ 1.4 އިންސައްތަ ކަމަށެވެ. ނަމަވެސް އާ އުސޫލަށް އަމަލުކުރަން ފެށިގެންދިޔުމާއި އެކު ރާއްޖޭގެ ބޭންކުތަކަށް ފަތުރުވެރިކަމުގެ ދާއިރާއިން މާރުކުރާ ޑޮލަރުގެ އަދަދު 20 އިންސައްތައަށް އިތުރު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމުގެ ފައިދާ ވެގެންދާނީ ދިވެހި ރައްޔިތުންނަށް ކަމަށާއި ބޭންކުތަކުން ރައްޔިތުންނަށް ޑޮލަރުން ދޭ ޚިދުމަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެން ދާނެކަމަށް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން އަންނަނީ އެ ގަވާއިދުގެ ސަބަބުން އެބައިމީހުންގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ބުނެ އެގަވާއިދާ އެއްގޮތަށް އަމަލުނުކުރާނެކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު